
މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ސަތޭކަ އެތައް ރައްޔިތުންނެއް މަރުވެ ޒަހަމްވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
ގައްޒާގެ މީޑިއާ އޮފީހުގެ ޑިރެކްޓާ ޖެނެރަލް، އިސްމާއިލް އަލް-ތަވާބްތާ އަނަދޫލު ނިއުސް އެޖެންސީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިޒްރޭލް ސިފައިންގެ އުރެދުންތަކުގެ ތެރޭގައި ވައިގެ އަދި ބަޑިން ދިން ހަމަލާތައް، ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތައް، އިންސާނީ އެހީ ވަނުމަށް ހުރަސްއެޅުން، ރައްޔިތުންނަށް ބަޑިޖެހުން، ގެދޮރު ތަޅާލުން އަދި ކާރުތަކަށް ހަމަލާދިނުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން، ގައްޒާއަށް ތެޔޮ ވެއްދުމަށް ހުއްދަ ނުދިނުމާއި، ސިވިލް ޑިފެންސް ވެހިކަލްތަކާއި ބޮޑެތި މެޝިނަރީއަށް ހުރަސްއެޅުން އަދި 260,000 ކޭންޕް ޓެންޓްތަކާއި ކާރަވާން ވަނުމަށް ހުއްދަ ނުދިނުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިލިސްތީނުގެ ހެލްތް މިނިސްޓްރީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސުލްހަ ގާއިމް ކުރެވުނު ފަހުން މިހާތަނަށް 116 މީހުން މަރުވެ، މަދުވެގެން 490 މީހުން ޒަހަމްވެފައިވާކަމަށެވެ.
ފަލިސްތީނުގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިޒްރޭލް ސަރުކާރުން އިންސާނީ އެހީތައް ސިޔާސީކޮށް، އެހީތައް ބޭނުންކޮށްގެން ފަލަސްތީނުގެ 2 މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ދަތިކުރަމުން އަންނަކަމަށެވެ.