
މިނިސްޓަރު ހަލީލް މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކޮށް ސުޕްރީމް ކޯޓަށް ގެނައިޮ ބަދަލާއި ގުޅިގެން އެތަން ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަިކުރީ ގާނޫނާއި ހިލާފަށްކަމަށް ބުނެ ރާއްޖޭގފެ ކަމާއި ގުޅޭ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ކޮމަންވެލްތާއި އދ އާއި ބޭރުގެ ބައެއް ޖަމްއިއްޔާތަކުންވެސް ވަނީ އެ ނިންމުމާއި ކަންބޮޑުވާކަން ހާމަކޮށްފައެވެ.
މި މައްސަލާގައި ކޮމަންވެލްތުގެ އިސްވެރިންނަށް ޓެގުކުރައްވައި، މިނިސްޓަރު ޚަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައީސް ޑރ މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ އެއްވެސް މައްސަލައަކަށް ރައީސް ހުރަހެއް ނާޅުއްވާނެކަމަށާއި ފަނޑިޔާރުން ވަކި ކުރީވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގަކުން، މަޖިލީހުންކަން މިނިސްޓާރު ހަލީލް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެއިތުރުން ރައީސް މަސައްކަތް ކުރައްވަނީ ހިންގުމުގެ ނިޒާމާއި ޝަރުއީ ދާއިރާ ވަކިކޮށް، މިނިވަންކޮށް ބޭއްވުމަށްކަމަށްވެސް ހަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ކޮމަންވެލްތު ފަދަ ޖަމިއްޔާތަކަށް މިގޮތަށް ވިސްނިފައިވަނީ، އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގުވާހަކަތަކަށް ބުރަވެކަމަށް ސިފަކުރައްވާފައެވެ. އަދި އިދިކޮޅު ސިޔާސީ އިސް ފަރާތްތަކުން، ބޭރު ދުނިޔެއަށް ތެދު ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަލީލް ވިދާޅުވިއެވެ.