ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފައިނުގައި އެއާޕޯޓް އެޅުމާއި ދެކޮޅަށް ހިންގި ސޭވް ފައިނު ކެމްޕެއިންގެ ފޮޓޯއެއް
ފައިނު އެއާޕޯޓާއި ކައުންސިލްވެސް ދެކޮޅު ރައްޔިތުންގެ ވޯޓަކަށް ދަނީ
ފައިނުގައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވަނިކޮށް އެކަމާއި ދެކޮޅު ހަދާކަން ހާމަކޮށް ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓް އަަޅާނެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް ދާން އެއަތޮޅު ކައުންސިލުން ނިންމައިފިއެވެ.
Advertisement

އަތޮޅު ކައުންސިލުން މި ގޮތަށް ނިންމާ މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައެވެ. 

ރ އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ރަށެއް ބަލަން ރައްޔިތުންގެ ވޯޓަށް ދާ ހުށައެޅީ ކިނޮޅަސް ކައުންސިލްގެ ރައީސް އަހްމަދު ހުސައިންއެވެ. އޭނާގެ ހުށައެޅުމުގައި ބުނީ އެކަމުގައި ރައްޔިތުން ނިންމުން މުހިއްމުކަމަށެވެ. އެހެންކަމުން މުޅި އަތޮޅުގައި އެކަމަށް ވޯޓެއް ނެގުމަށް ހުށައެޅިއެވެ. 

އޭނާގެ މި ހުށައެޅުން ވަނީ ރ އަތޮޅު ކައުންސިލުގައި ތިބޭ 13  މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފައެވެ.

އެގޮތުން އަތޮޅު ކޮމްމެ ރަށެއްގައި ވޯޓް ފޮއްޓެއް ބަހައްޓަން ވަނީ ނިންމާފައެވެ. އަދި މާލޭގައި އުޅޭ އަތޮޅޫގެ ރައްޔިތުންނަށް މާލޭގައިވެސް އެއް ފޮށި ބެހެއްޓުމަށް ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް ވޯޓް ލުން ބާއްވާނެ ދުވަހެއް އަދި ނުނިންމައެވެ.

your imageރ. އަތޮޅޫ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން. ކައުންސިލުން ވަނީ އެ އަތޮޅުގައި އެއާޕޯޯޓް އަޅާނެ ރަށެއް ބަލަން ރައްޔިތުން ވޯޓަކަށް ދާން ފާސްކޮށްފައި

އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާބެ ރަށެއް ނިންމަން ރައްޔިތުންގެ ވޯޓަކަށް ދާން ނިންމިއިރު ސަރުކާރުން ވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ނިންމާފައެވެ. އަދި އެ މަސައްކަތް ކުރަން މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުއްގައި މިއަހަރުގެ ފެބްރުއަރީ މަހު 23ގައި ވަނީ ސޮއިކޮށްފަައެވެ. މި އެއާޕޯޓް އަޅަން ހަރަދު ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސިއެމް) އިންނެވެ. 

ފައިނުގައި އެއާޕޯޓް އަޅާނެކަމުގެ ޔަގީންކަން މި ސަރުކާރުންވެސް ދީފައިވަނީ އެކަމާއި ދެކޮޅަށް ތިމާވެށިގެ ބައެއް ޖަމިއްޔާތަކާއި އާއްމުން މީގެކުރިންވެސް އަޑު އުފުލާފައި ވަނިކޮށެވެ. 

your imageފައިނުގައި އެއާޕޯޓް އެޅުމާއި ދެކޮޅަށް ހިންގި ސޭވް ފައިނު ކެމްޕެއިންގެ ފޮޓޯއެއް 

ފައިނުގައި އެއާޕޯޓަކާއި ސިޓީ ހޮޓަލެއް އަޅަން ފުރަތަމަ ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުގައެވެ. އެހެންނަމަވެސް އޭގެ ފަހުން އައި އެމްޑީޕީ ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމީ އެ އެއާޕޯޓް އެ އަތޮޅު ބެރިޔަންފަރަށް ބަދަލުކުރާށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް