ads
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
"ރާއްޖެ އިޝްތިހާރުކޮށް އާމްދަނީ އިތުރުކުރުމަށް މުވާސަލާތީ ކުރިއެރުންތައް ބޭނުންކުރަންޖެހޭ"
ރާއްޖެ އިޝްތިހާރުކޮށް އާމްދަނީ އިތުރުކުރުމަށް މުވާސަލާތީ ދާއިރާގައި ދުނިޔެ ދެކޭ ހަލުވި ކުރިއެރުންތަކުގެ ބޭނުން ހިފަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވީ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވަނީ މުވާސަލާތާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ހިދުމަތްތެރިންނަށް ތަހުނިޔާ ދަންނަވައި، އެ ދާއިރާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި މާލީ މުއާމަލާތްތަކާއި އީޖާދީ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުން ހިމެނެއެވެ. މިގޮތުން މިދިޔަ މާޗު މަހު ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ރާއްޖެއަށް އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ގޫގުލް، މައިކްރޯސޮފްޓް، އެމޭޒަން އަދި އައި.ބީ.އެމް ފަދަ ކުންފުނިތަކުގެ ސްޓޮކްސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެވިއްކޭނެ މަގު ފަހިކޮށްދިނުމުގެ އިތުރުން ފޮރެކްސް ޓްރޭޑިންގް އާއި ކްރިޕްޓޯ ކަރެންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ. ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 17 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް