ads
ސައުދީން ހަދިޔާކުރި ކަދުރާ މިނިސްޓަރު ޝަހީމް ހަވާލުވެޑައިގަންނަވަނީ
ސައުދީން އަނެއްކާވެސް 10 ޓަނުގެ ކަދުރު ރާއްޖެއަށް
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަނެއްކާވެސް އިތު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
Advertisement

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. އެގޮތުން މިއަހަރުގެ ރޯދައިގެ ކުރިން ރާއްޖެއަށް ސައުދީން ވަނީ 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. 

ސައުދީ ސަރުކާރުން މިއަދު މިވަނީ އަނެއްކާވެސް 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި ކަދުރި ރާއްޖެއަށް ހަދިޔާކުރީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްގެ ފަރާތުންނެވެ. 

މި ކަދުރާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި ކަދުރާ ހަވާލުވެޑާއިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ކަދުރު ރާއްޖެއާއި ހަވާލުކުރީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީއެވެ. 

ސައުދީން މި އަހަރު ހަދިޔާކުރި 50 ޓަނުގެ ކަދުރު ރޯދައިގެން ކުރިން ގޭބިސީތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ބަހާ ހުސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް