ads
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ
ކައިރީކައިރީ ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާއަށް
ކައިރީކައިރީ ދެ ބިލެއް ފޮނުވީ ސްޓަމަރުންގެ ފައިދާއަށްޓަކައި ކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

އަންނަ ރޯދަމަހު ކޮންމެ ގޭބިސީއެއްގެ ކަރަންޓް ބިލުން މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ރޯދަމަހުގެ ބިލްތަކަށް ޑިސްކައުންޓު ދޭނީ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓަށް އެކަނި ކަމަށާއި އެގޮތުން އެމަހަށް ވަކިން ކަރަންޓް ރީޑިން ނަގާ ވަކި ބިލެއް ތައްޔާރުކުރާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ފެބްރުއަރީމަހުގެ ބިލް ފޮނުވުމަށް އެމަހުގެ ރީޑިން ނެގުމަށް ސްޓެލްކޯއިން ވަނީ އާއްމުކޮށް އިއުލާންކޮށްގެން ހާއްސަ ހަރަކާތެއްވެސް ހިންގާފައެވެ. 

ދެ ބިލެއް ދާދި ކާއިރީގައި އައުމުން ބައެއް ފަަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަޢް ޖަވާބުދެއްވާ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއްކަމަށާއި އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންއަރުވާކަމަށެވެ. ފަހުމީ ވިދާޅުވީ ރޯދަމަހުގެ ބިލް ވަކިކުރަން ނިންމާ ފެބްރުއަރީމަހުގެ ބިލް ފޮނުވީ ކުންފުނީގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއްކަމަށެވެ. 

" ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް. އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް. އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން. ބިލްތަކުގެ ރީޑިންގ ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދީފައިކަމަށެވެ. މީގެއިތުރުން ފެބްރުއަރީގެ މި ބިލް ފޮނުވުމުގެ މަގުސަދު ތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނޭކަން ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. 

" މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު." ފަހުމީ ވިދާޅުވިއެވެ.

މި ރޯދަމަހުން ފެށިގެން ބިލު ކުރާ ގޮތަށްވެސް ބަދަލުތަކެއް ގެނަން ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އެގޮތުން ރޯދަ މަހުން ފެށިގެން ރީޑިން ނަގަން ފަށާނީ މަހުގެ ފަހުކޮޅުގައިކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ. މި ބަދަލު ގެންނަނީ މުސާރަ ލިބޭ ދުވަސްކޮޅަށް ބިލު ދައްކަން ފަސޭހަކުރުމަށްކަމަށާއި އޭރުން ރީޑިން ނަގާ ދުވަހުގެ އަނެއް ދުވަހު ކަރަންޓު ބިލު ލިބޭނެކަންވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. 

" އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑިލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ." ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

މި ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފެނާއި ކަރަންޓުން 10 އިންސައްތަ ޑިސްކައުންޓް ދޭނެކަމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް