ފުވައްމުލަކު ހޮސްޕިޓަލަށް ސީޓީ ސްކޭން މެޝިނެއް ފޮނުވައިފިއެވެ.

Advertisement
ހެލެތް މިނިސްޓްރީން ފުވައްމުލަކަށް ހޮސްޕިޓަަލަށް ސިޓީ ސްކޭން މެޝިނެއް ފޮނުވާފައި މިވަނީ އެ ހޮސްޕިޓަލިގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ބައެއްފެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ހެލެތް މިނިސްޓްރީން ފޮނުވި ސީޓީ ސްކޭން މެޝިން މިއަދު ރަސްމީކޮށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި މީ އެ ސިޓީއަށް ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ޒަމާނީ ޑައިގްނޯސްޓިކް ކެއާ ގެނައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ސީޓީ ސްކޭން މެޝިން އެ ހޮސްޕިޓަލަށް ބާލަނީ
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އަލަށް ގެނައި ސިޓީ ސްކޭން މެޝިންގެ ފައިނަލް އިންސްޕެކްޝަން މިހާރު ނިމިފައިވާކަމަށާއި ހޮސްޕިޓަލާއި މިނިސްޓްރީގެ ޓީމުން މިހާރު ދަނީ މި ހިދުމަތް ވީހާވެސް އަވަހަކަށް ގާއިމްކޮށް ތައާރަފް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެހެންނަމަވެސް ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ދުވަހެއް އެ ހޮސްޕިޓަލަކުން ނުބުނެއެވެ.