ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ދެއްވި ހިތޯބުގައި ސިފައިނަށް ދުވަހުގެ ތަހުނިޔާވިދާޅުވެ މާރިޔާ ވިދާޅުވީ ވާރޭއާއި ވިއްސާރައިގައި ގައުމާއި ރައްޔިތުންނަށް ޖެހޭ ކޮންމެކަމެއްގައިވެސް ހިދުމަތަށްކުރުމަށް ވާރެއާ އަވީގައި މަސައްކަތްކުރަނީ ދިވެހި ސިފައިންކަމަށާއި އެ ނަމޫނާ ހުރިހާ ދައިރާތަކުގައިވެސް ދައްކަމުންދާކަމަށެވެ.
އެކަމަނާ ވިދާޅުވީ ކޮވިޑް-19 ގުޅިގެން ރައްޔިތުން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރާ ބަޔަކީ ދިވެހި ސިފައިންކަމަށާއި އަދި ސިފައިންގެ ހިދުމަތްތައް ރަންއަކުރުން ފަވާލެވޭނެކަމަށެވެ.
ސިފައިންގެ އަހަރީ ދުވަހުގައި ޗީޕް އޮފް ޑިފޭންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ މި ދަނޑިވަޅުގައިވެސް އެންމެ ރިސްކު ބޮޑު ދާއިރާތަކުގައި މަސައްކަތްކުރާ ބަޔަކީ ދިވެހި ސިފައިންކަމަށެވެ. އެގޮތުން ސިފައިން ގައުމަށް ހިދުމަތްކުރަމުންދަނީ އާއިލާތަކާ ދުރުގައިކަމަށެވެ. އަިދ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފަހު މިހާއާ ޖެހެންދެން މަސައްކަތްކުރަމުންދާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަމާލު ވިދާޅުވީ ފާއިތުވި އަހަރަކީ ދިވެހި ސިފައިންނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދުނު އަހަރެއްކަމަށާއި އެގޮތުން ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރެވިފައިވާއިރު ރައްޔިތުންނާ ސިފައިންނާ އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ ހިދުމަތަށް 128 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު މި އަހަރުގެ ޝިޔާރަކީ ސިފައިންގެ ހިތްވަރު–ގައުމުގެ ސަލާމަތްކަމެ އެވެ.