ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ގައިދީން މުޖުތަމައުއަށް ނެރެން އާ ޕްލޭނެގެ ދަށުން ހާއްސަ ރަށެއް ތަރައްގީކުރަނީ
ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ރައްޔިތުންނަށް ހެދުމަށްޓަކައި ސަރުކާރުން ވަކި ރަށެއް ހާއްސަކޮށް ތަރައްގީކުރުމުގެ ޕްލޭނެއް އެކުލަވާލަމުން އަންނަކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
Advertisement

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް ކޮމިޝަނަރ ފާހަގަކުރިއެވެ.

ރިހެބިލިޓޭޓިވް އެޕްރޯޗެއްގައި ކޮންމެ ގައިދީއަކީ ވެސް ޖަލުން ނުކުންނައިރު މުޖުތަމައުއަށް ބޭނުންހިފޭ ފައިދާހުރި މުހިންމު މީހަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ގައިދީންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި އެ ފަރާތްތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅާކަމަށް ޒަރީރު ވިދާޅުވިއެވެ.

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ގައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކިޔަވައިދޭ އެއްޗެއްސާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމު ކަމަށެވެ.

ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 ޕަސަންޓަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ކޮމިޝަނަރ މީގެ ކުރިން ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަން ބައްޓަންކުރުން ކަމަށް ކޮމިޝަނަރ ވަނީ ފާހަގަކޮށްފައެވެ.

ރޯދަ މަހާ ގުޅުވައިގެން ބޭއްވި ހާއްސަ ހަފްލާގައި ގައިދީންނާއި އާއިލާތަކުން ވަނީ އެކުގައި އަގުހުރި ވަގުތުތަކެއް ހޭދަކޮށްފައެވެ. މިއީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެއްކަމަށާއި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު ހަރަކާތްތައް މުސްތަގުބަލުގައި ހިންގުމަށް އެ ޖަލުން ރާވާފައިވާކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް