ads
މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސި ފަރުހަތު ޝަހީރު - ފައިލް ފޮޓޯ: ސަން
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު މިއަދު އައްޔަންކޮށްފި އެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީ ކަމަށް ފަރުހަތު އައްޔަން ކޮށްފައިވާ ކަމަށެވެ.

ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އޭނާ ސިފައިންގޭގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުހަތު ވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަން ކުރައްވައިފަ އެވެ. ފަރުހަތު އޭރު ފާހަގަކުރެވުނީ އައިޖީއެމްއެޗުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ބޭފުޅެއްގެ ގޮތުގަ އެވެ.

މިފްކޯގެ ސީއީއޯ މަގާމު ހުސްވީ މީގެ ތިން މަސް ކުރިން އެ މަގާމަށް އައްޔަން ކުރި ޔޫކްރައިންއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ވިޓާލީ ލިއުބިމޮވް، މިދިޔަ ހޯމަދުވަހު ވަކިކުރުމާ ގުޅިގެންނެވެ. އެއާ އެކު އެ މަގާމަށް ފަރުހަތު އައްޔަންކުރިކަން މިއަދު ޕީސީބީން ވަނީ ބުނެފަ އެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށް ޓަކައި ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް