ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މ. ހަނީކޯމްބް އަހްމަދު ޖަޒީލްއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ 30 ދުވަސް ޖަހާފައެވެ.
އަހްމަދު ޖަޒީލްގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ މަސްތުވާތަކެތިވެސް ބޭނުން ކުރާ މީހެކެވެ. އޭނާގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިފައިވާއިރު، މި ފަހަރުގެ ކޭސްއަކީވެސް ގެވެށި އަނިޔާއާ ގުޅުން ހުރި ކޭސްއެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޖަޒީލްއަކީ މިފަދަ ކުށްތަކުގެ ރެކޯޑް ކުރިންވެސް އޮންނަ މީހެކެވެ. މަންމަ މަރާލާނެ ކަމަށް އިންޒާރުދީގެން ކުރިން އެ މައްސަލަ ފެންމަތިވެފައިވާއިރު، އޮފީހެއްގެ ތެރޭގައި އަންހެނަކަށް ހަމަލާދިން މައްސަލައެއްވެސް ކުރިން ފެންމަތިވެފައިވެއެވެ.