
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޒް މުހުތާޒު މުހުސިން
ފަނޑިޔާރުށް ޖަވާބު ދާރީވާން އޮންނަނީ ޖޭއެސްސީ: މުހުތާޒު
އަލީ މިދުހަތު
06 މާރޗް 2025 - 22:36:43
އިއްޒައްތެރި ފަނޑިޔާރުނަށް ގާނޫނު ބުނާގޮތުން ޖަވާބު ދާރީވާން އޮންނަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަލްއުސްތާޒް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒު މިހެން ވިދާޅުވެފައިވާ މިވަނީ ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ އަދި ސުއޫދުގެ މައްޗަށް ތަހުގީގެއް ހިންގުމަށް ކަމަށް ބުނެ މި ތިން ބޭފުޅުން ޖޭއެސްސީން ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
"ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެދޭ ގޮތަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް [ދަނީ ގާނޫނުއަސާސީއާ ހިލާފަށް ނުފޫޒު ފޯރުވަމުން]،" ސުއޫދު ވިދާޅުވި އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސް އެޅިފައިވޭ،" ފަނޑިޔާރުގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފަނޑިޔާރުން އަމިއްލަ ދިފާއުގައި ބަޔާންތައް ނެރުއްވަމުން ގެންދަވަނިކޮށް ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި މުހުތާޒު ވިދާޅުވީ ފަނޑިޔާރުގޭގެ މަގާމުތަކުގައި ތިބެ، ސިޔާސީ ގޮތުން ބަޔާންތައް ނެރެ ރައްދު ދިނުމަކީ އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފަނޑިޔާރުގެއާ ދޭތެރޭ އޮންނަ ގަދަރާއި ކަރާމާތް ކެނޑިގެންދާ ކަމެއް ކަމަށެވެ."މިފަދަ އަމަލުތަކުގެ ސަބަބުން ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްވުންވެސް އުފެދިގެން ދާނެ" ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު ވިދާޅުވި އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ.
ނަމަވެސް، އެ ތުހުމަތަކީ ކޮބައިކަން ޖޭއެސްސީން ވެސް އަދި އޭސީސީން ވެސް ހާމައެއް ނުކުރެ އެވެ. އޭސީސީން ބަލަމުންދާ މައްސަލައިގެ އިތުރުން، ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް