 
                                                                                                
                    ކައިޒީންގެ މަންމަ ޒާހިދާ މުހައްމަދު އުމުރުން 48 އަހަރުގައި ނިޔާވެފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު އިންޑިއާގެ ކޮޗިންގައެވެ.
އޭނާގެ ކަށުމާދު މިއަދު ރާއްޖެ ގަޑިން 11 ޖެހިއިރު ވަނީ އިންޑިއާގައި ވެސް ކޮށްފައެވެ.
ކައިޒީން ބުނެފައިވަނީ އޭނާގެ މަންމަ ނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ފުން ހިތާމައެއްކަމަށެވެ.
ކައިޒީން ވަނީ އޭނާގެ މަންމައަށް ދާއިމަަށް އަމާންކަން ލިބުމަށް އެދި ދުއާވެސް ކޮށްފައެވެ. އަދި އޭނާ އަބަދުވެސް މަންމަދެކެ ލޯބިވާނެކަމަށް ބުނެފައިވެއެވެ.