ads
ސިއްރު - 37 ވަނަ ބައި
އެޕިސޯޑް 37
Advertisement

އިއްޔެގެ އަދަދު

"ގައިޒް... ފާއިތުވި ދޮޅު އަހަރުގެ ވާހަކަ މިތަނުގައި ނުދެއްކުމަކީ އެންމެ ރަގަޅު ގޮތް.. މާޒީގެ ފަހަތުން ދުވެގެން ލިބޭގެ ކުރިއެރުމެއް ނޯންނާނެ.. އަހަރުމެން އެންމެން މިއަދު އައްޑޫސިޓީއަށް މިއައީ ވެޑިންގއަށް.. ކާމިލްއާއި ގައިސަރް ހިތަދޫއިން ފުރާހިސާބުން އަހަރުމެންނަށް ރިދީ ފެންނާނެކަމެއް ނޭގެ.. އަދި އޭގެފަހުން ބައްދަލުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތް.." ހިތްހަމަނުޖެހިފައި އަންޔާ ބުންޏެވެ. އޭނާގެ އަޑުގައިހުރި ހިތާމަ ފޮރުވަން ކުރި މަސައްކަތްވީ ބޭކާރެވެ.

"އަންޔ" ހާލަތު ބުނެދޭން އިކާން މަސައްކަތްކުރި އެވެ.

"ނޫން އިކާން.. ލެޓް ހަރ ސްޕީކް!" އަހަރެން ބުނެލީމެވެ. ނިއްކުރިއަށް ރޫ އަރުވާލީ އަންޔާ އެވެ. 

"ހައު ކުޑް ޔޫ އިގްނޯރ އަސް ރިދީ..؟ އީތަންއަކީ ރިއަލް ބސޓޑ އެއް..! އެކަމަކު.." އަންޔާ ހުއްޓުވީ ނަޔާރާ އެވެ.

"އީތަންއާއި ދެކޮޅަށް އެންމެ ލަފްޒެއްވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން.." ހަރުކަށިކަމާއެކު ނަޔާރާ ބުނެލި އެވެ.

"އޭނާ އެހުރިހައި ލާއިންސާނީ ކަންކަން ކުރީމައިވެސް އަބަދު ހަމައެކަނި އީތަންގެ ދިފާއުގައި ނަޔާރާ ތި ވަކާލާތުކުރަނީ ކީއްވެގެން..؟" އަންޔާ ބުނެލީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. 

"އަހަރެން ނުބުނަން އީތަންގެ ކުށެށް ނެތެކޭ.. އަހަރެން މިބުނަނީ ކޮންމެ ކަރުދާހެއްގައި ދެ ފުށް އޮންނާނެޔޭ..! އަހަރުމެންނަށް ފެނުނީ އޭނާ ކުރިކަންކަން.. އެކަމުގެ ސަބަބެއް ނޭގޭ..! އަހަރުމެން ތެރެއިން އެކަކުވެސް އެކަމާއި އީތަންއާއި ސުވާލު ކުރިތަ..؟ ނުކުރޭ! އެއީ ނުވާ ކަންކަމަށް ހެދީވެސް ހަމަ މިތަނުގައި މިތިބި އެންމެން..! އެހުރިހައި ޖަރީމާއެއް އަމިއްލަޔަށް ހިންގާފައި ޖެހިގެން އައިދުވަހުން ފެށިގެން ހުރިހައި މީޑީއާއަކުން އެއަޑު ކަނޑުވާލީވެސް އީތަން ނޫންތަ..؟ ރިދީ އާއިބެހޭގޮތުން އެއްވެސް މީހަކު، އެންމެ ލަފްޒެއްވެސް ބުނަން ފުރުސަތު ނުދީ، ރިދީ ދިފާއުކުރީވެސް ހަމަ އެ އީތަން ނޫންތަ..؟ ޔެސް..! އެ ޕޯސްޓް ކުރީ އީތަން..! އެކަމަކު އީތަން އެއް ނޫން ރިދީ ނިކުތްގަޑިއަށް އެގޭ ދޮށަށް މީޑިއާ ގެންގޮސް، އެހުރިހައި ހަޑިއެއް ހޭވީ..! އަހަރެން ގަބޫލުކުރަން، ރިދީގެ އިއްފަތތްތެރިކަމާއި އަބުރު ކަތިލީ އީތަން.. އަހަރުމެން ތެރެއިން އެކަކަށްވެސް އަދިވެސް ނޭގޭ އެ ޕޯސްޓް އީތަން ކުރީ ކީއްވެކަމެއް..! އެކަމަކު އަހަރެން މިބުނަނީ އެކަންކަން އެގޮތަށް ހިނގާފައިވިޔަސް ހަގީގަތް ނުބަލައި، އަހަރުމެން އީތަންއަށް ޖަޖުކޮށްގެން ނުވާނެޔޭ.. އީތަންގެ ސސަފްހާވެސް ކިޔަންޖެހޭނެ! އެ ވާހަކަތައް އަޑުނާހައި، ހަގީގަތްނުބަލައި އެކަމުގެ އިލްޒާމުތައް އީތަން ބޮލުގައި ނޭޅުވޭނެ..!" ނަޔާރާ ކިޔަން ބޭނުންވި ހުރިހައި އެއްޗެއް ކިޔާފައި މައިތިރިވި އެވެ. 

އެންމެންގެ ކިބައިން ފެނުނީ ހިމޭންކަމެވެ. އެންމެންގެ ލޯ އަމާޒުވެފައިވަނީ އަހަންނަށެވެ. ގުޑާލަންވެސް ނޭގި، ގަނޑުވެފައި ހުރީ އަހަރެންގެ ހަށިގަނޑެވެ. 

އެނބުރި ރާއްޖެ އައުމަކީ ގޯހެއްކަން އަހަރެންގެ ސިކުނޑި ބުނެދިނީ މި ސަބަބަށްޓަކަ އެވެ. ރާއްޖެ އަންނަން އަހަރެން ބޭނުންނުވި ސަބަބަކީވެސް މިއެވެ. މުޅިން އައު ސިލްސިލާ ޑްރާމާތަކެއް ފެށޭނެކަން އަހަންނަށް އޭރުވެސް ޔަގީންކުރެވުނެވެ. ކޯޓް މަރުހަލާގައި ރާއްޖެއައީ އެކަކަށްވެސް ނޭގި އެވެ. އެކަން ނިމެންދެން ހިތަދޫގައި ހުރީވެސް އެކަމުގެ ހަބަރެއް އެކަކަށްވެސް ނޭގޭނެ ގޮތަށެވެ. އެކަމަކު މި ވެޑިންގއަށް ނައިސްވާނެގޮތެއް ނެތެވެ. 

"ރިދީ! އަހަރެން ނުބުނަން ރިދީ ގޯސްކޮށް ކަންތައްތަކެއް ކުރި ވާހަކައެއް.. އީތަން ކަންކަން ކުރީ ރަގަޅަކަށް ނޫން.. އަހަރެން މިބުނަނީ ހަގީގަތް ނޭގޭ ކަމެއްގައި އީތަންއަށް، ރިދީ ނަފްރަތު ނުކުރާށޭ..! ޕްލީޒް ޑޯންޓް ހޭޓް ހިމް.. ޕްލީޒް!" ހިނގާލާފައި އައިސް ނަޔާރާ އަހަރެން ގައިގައި ބައްދާލި އެވެ. އަހަރެންގެ އަތެއް ފަޔެއް ގުޑުވާވެސް ނުލަމެވެ. 

"އެމީހުން އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެބުނަނީ އަހަރެންގެ އަމިއްލަ ނަފުސަށްވުރެން އިންތިހާއަށް އަހަރެން ލޯބިވި އިންސާނާދެކެ ނަފުރަތުކޮށް، އޭނާއަށް ލައުނަތްދިނުމަށް އަހަރެން ހޭދަކުރި ދޮޅު އަހަރަކީ، ދޮގެއް ކަމަށް ހެއްޔެވެ؟ މިހުރިހައި ބަރެއް އުފުލާނެ ބުރަދަން އަހަރެންގެ ސިކުނޑީގައި ނެތެވެ.

"އަހަރެން މިދަނީ އަހަރެންގެ ކޮޓަރިއަށް..؟" ކުރެވުނީ ސުވާލެއްކަމެއް ނުވަތަ ބުނެވުނީ އަހަރެންގެ ނިންމުމެއްކަމެއް ނޭގެ އެވެ. އަހަރެން ބޭނުންވި ގޮތް ބުނެދެވޭތޯ މަސައްކަތް ކުރީމެވެ. އެންމެންގެ ތެރެއިން އަހަންނަށް ބަލައިލެވުނީ ކާމިލްއާއި ދިމާއަށެވެ.

"އޯކޭ- ކަމް" ގެސްޓް ހައުސްގައި އަހަރެންނަށް ހަމަޖައްސާފައިވާ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ އަހަރެންގެ ގައިގައި ކާމިލލް އެއް އަރިއަކުން ބައްދާލަމުންނެވެ.

'ހެޕިނެސް އިން' އަކީ ހިތަދޫގެ އެންމެ ރޮމެންޓިކް ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ މަގުބޫލް މަންޒިލެވެ. ވަށައިގެންވާ ހިތްގައިމު މަންޒަރާއި ހުރަހެއްނެތި ދުރުން ފެންނާން އޮތް ދޮންވެލިގޮނޑުދޮށަށް ބަލައިލުމުގެ ޝައުގުވެރިކަމެއްވެސް އަހަރެންގެ ނެތެވެ. އަހަރެން ހިތަދޫއަށް މި އައީ އެންމެ ތިން ދުވަހަށެވެ. އެއަށްފަހު ހުރިހައި އެއްޗެއް ދޫކޮށް އަހަރެން ދާނީ އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވާހައި ދުރަށެވެ. އެއީ ދާއިމީ ވަކިވުމެކެވެ. އަހަރެން ދިރިއުޅޭނީ އެކަންޏެވެ. އެހެން އެންމެންނާއި ދުރުގަ އެވެ. ރާއްޖެއަކީ އަހަންނަށް އަމާންކަމެއް ނެތް ހާސްކަމެކެވެ.

"ޔޫ އަރ އޯ-ކޭ..؟' އަހަރެންގެ އަތުގައި ހިފައިލަމުން މަޑުމަޑުން ކާމިލް ސުވާލުކޮށްލި އެވެ.

"ޔެސް" އަހަރެން ބުނީމެވެ.

"ބައެއް ފަހަރު ރޯލުމަކީ ހިތަށް ލުއި ލިބޭކަމެއް.. މިވަގުތު ރޯލަން ބޭނުންވާކަން، ރިދީ ނުބުންޏަސް އިނގޭ.. އިޓްސް އޯކޭ ސްވީޓްހާޓް.." ވަރަށް ލޯބިން ފިރުމާލާފައި ކާމިލް ބުންޏެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ހިނދުކޮޅެއްގެތެރޭގަ އެވެ. 

"އަމިއްލަ އެދުން އިސްކުރުމަކީ ބައެއްފަހަރު ފަރުވާއެއް.. ދުނިޔެއާއިމެދު ވިސްނުމާއި ތިމާގެ ވަށައިގެންވާ އެހެން އެންމެންގެ ހައްގުތަކާއި މެދު ވިސްނަން ވަކި ހައްދެއް، ވަކިމިންވަރެއް އޮންނާންވާނެ.." އަހަރެންގެ ނިއްކުރީގައި ބޮސްދެމުން ކާމިލް ބުންޏެވެ. އަހަރެންގެ ފިޔަވަޅުމަތީގައި ބަހަށްޓާފައި ކާމިލް ފަސްދިނީ، ސިއްރުން ދެ ލޯ ފޮހެލަމުންނެވެ.

ކޮޓަރިއަށް ވަނީމެވެ. އެއްވެސް ކަމެއްކުރުމުގެ ޝައުގުވެރިކަމެއް ނެތެވެ. މިތަނަށް އައިސް، ކޮޓަރިއަށް ފޮށި ވެއްދިގޮތަށް ފޮށި ހުޅުވާވެސް ނުލަމެވެ. ދުނިޔޭގެ ހިޔާލްތަކުން ދުރުވާން ބޭނުމެވެ. ވިސްނުނީ އެންމެ ކަމެކެވެ. ފޮށީގައި ހުރި ތަކެތި ނަގާފައި ތަރުތީބު ކުރުމެވެ.

ޕާޓީއަށް ލާން ގެނައި ހެދުން ނަގާފައި އެނދުމަތީގައި ބާއްވާލީމެވެ. 

ހެދުމާއިމެދު ވިސްނާލަން މަޖުބޫރުވި އެވެ. މީގެ އަހަރެއްހައި ދުވަސްކުރިންނަމަ، މިފަދަ ހެދުމެއްލާން އަހަރެންގެ ހިތަށްވެސް ނާރާނެ އެވެ. ނޭވީބްލޫ ސެޓިން މެކްސީއެކެވެ. ނަމަވެސް ބުރަކަށީން ބޮޑުބައެއް އޮންނާނީ ހާމައަށެވެ. މިފަދަ ހެދުމެއްލާން އަހަރެން ޖެހިލުންނުވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭގެ އަސްލަކީ ކޮބައި ހެއްޔެވެ؟ އަހަންނަށް ކަންތައް މިކުރެވެނީ ރަގަޅަށްބާ އެވެ؟

އަހަރެންގެ މި ބަދަލަކީ ހެޔޮބަދަލެއް ބާ އެވެ؟ މި ސޫރައިގައި އަހަރެން ދުށުމުގެ ހުވަފެން މީހަކު ދެކިފައިވެދާނެ އެވެ. އެކަމަކު އެފަދަ ހިޔާލެއްވެސް އަހަރެން ނުގެންގުޅެމެވެ. 

ހާލަތު ކޮންމެ ގޮތަކަށް މެދުވެރިވިޔަސް، އަހަރެންގެ އަމިއްލަ ދުނިޔެއިން ބޭރަށް ހިޔާލްތައް އަނބުރާލިޔަސް، އަހަރެންގެ ފިކުރާއި ވިސްނުމުން އީތަން ދުރަކަށް ނުލެވުނެވެ. އެކަމެއް ނުވި އެވެ. މީގެކުރީން ހިތަށްއެރި ހުރިހައި އެއްޗެއް އެއްފަރާތްކޮށްފައި ސިކުނޑިން ވިސްނި ހުރިހާ ވިސްނުމެއް ކުރިމަތީގައި ހުޅުވާލާއިރު ފެންނަ މަންޒަރު މިވަގުތު ތަފާތު މިވީ ކީއްވެ ހެއްޔެވެ؟ ހިނގާދިޔަ ހުރިހައި ކަމެއްގައި ޒިންމާވާން މިޖެހެނީ އަހަރެން ހެއްޔެވެ؟ އާހިރުގައި ކުށްވެރިޔަކީ އަހަރެން ހެއްޔެވެ؟ ކަންކަމުގެ ހަގީގަތް ނުބަލައި ހަގީގަތާއި ދުރަށްގޮސް ފިލީ، އަހަރެންގެ ފިނޑިކަމުން ހެއްޔެވެ؟ 

އިންސާފެއް ނުލިބުނު ކިތަންމެ ކަމެއް އަހަރެންގެ ހަޔާތުގައި ހިނގައިފި އެވެ. އީތަންގެ ހަޔާތުގައި އެއަށްވުރެން ބޮޑު ލައްގަނޑެއް ޖެހިފައި ވެދާނެ އެވެ. އަހަރުމެން ދެމީހުންގެ ހަޔާތުގައި އަރައިނުގަނެވޭވަރުގެ ވަޅުގަނޑަކަށް މި ވެއްޓުނީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ 

ކޮންމެކަމެއް ކޮންމެ ގޮތަކަށް ހިނގާފައިވިޔަސް މިއަދު މިޖެހެނީ އީތަންއާއިވެސް ކުރިމަތީލާށެވެ. ޕާޓީއަށް ހާޒިރުވާ އެހެން އެންމެންނެކޭ އެއްފަދައަކުންނެވެ. ކާމިލްއާއި ގައިސަރްއަށްޓަކައި އަހަރެންޖެހޭނީ ހިތްވަރުކޮށްފައި މިކަން ކުރާށެވެ. 

.....................

އަހަރެންގެ އަގުބޮޑު މެކްސީގައި ތައްޔާރުވީމެވެ. އެންމެ މަގުބޫލް ހީލްއަށްވެސް އަރައިފީމެވެ. ހިތްރުހޭވަރަށް މޭކަޕްވެސް ކޮށްފީމެވެ. އިސްތަށިގަނޑު ސްޓައިލްކޮށްލުމަށްފަހު ފުރަގަހަށް ދޫކޮށްލީމެވެ. 

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލީ އެވަގުތު އެވެ. 

"ޔޫ ލުކް ހޮޓް ބޭބީ.." އެއް ލޯ މަރައިލަމުން އިކާން ބުންޏެވެ. ހިނިތުންވުމަކުން ޖަވާބުދިނީ އިކާންގެ ތައުރީފަކީ އަހަންނަށް އާއެއްޗަކަށް ނުވާތީ އެވެ. 

"ސޯ..، މިސް ރިދީ އިމާދު..! ވިލް ޔޫ ބީ މައި ޑޭޓް ފޯ ދި ޕާޓީ ޓުނައިޓް؟" ފިލްމީ ގޮތަކަށް ކުރުނީސްކޮށްލާފައި އިކާން ހުށަހެޅި އެވެ.

"ތި ނޫން އެހެން ގޮތެއް އަހަންނަށް އެބައޮތްތަ..؟" އަހަރެންގެ ޖަވާބާއެކު އިކާން ހީލި އެވެ. 

ކައިވެންޏަށްފަހު ޕާޓީ އޮތީވެސް ހަމަ އެއް ތަނެއްގަ އެވެ. ގެސްޓްހައުސްއާއި ދިމާއިން ގޮނޑުދޮށުގައި އެކަމަށް ހާއްސަކޮށް ހަދާފައިވާ ހިތްގައިމު މަންޒިލެއްގަ އެވެ. 

އަހާންގެ ޑޭޓަކީ އަންޔާކަން އެނގުމުން އަހަރެންގެ ސިކުނޑީގައި ތަފާތު ވިންދެއްޖަހާލި އެވެ. 

"ގަބޫލުކުރަންވެސް އުނދަގޫ، ރިދީ..! ޔޫ ލުކް ސޯ ހޮޓް..!" އަހަރެންގެ ކޮނޑުގައި ޖަހާލަމުން އަންޔާ ބުންޏެވެ.

"މި މެހެފިލްގައި ހާޒިރުވެހުރި ކޮންމެ ފިރިހެނެއްގެ ކަޅި އަމާޒުވެފައިވަނީ ރިދީއަށް.. އެކަމަކު މިރޭގެ ބަތޮލލާއަކީ އަހަރެން.. ވައްކަޅިންވެސް މިދިމާއަށް ބަލައިލާނެ މީހަކު ނެތް...!" އެއް ލޯ މަރައިލާފައި ގައިސަރް ބުންޏެވެ. 

"ތި މިސްރާބަށް ވައްކަޅިން ފިރިހެނަކު ބަލައިލިޔަސް އެމީހެއްގެ ލޯ އަހަންނަށް ދީފައި މިރޭ މިތަނުން ނިކުމެވޭނީ.." ގައިސަރްގެ ކޮނޑުގައި ލޯބިގޮތަކަށް ހިފަހައްޓާލަމުން ކާމިލް ބުންޏެވެ.

ޓޮމް އެންޑް ޖެރީއަށް ދޫނުކޮށް އަރާރުންވެ، ތަޅާފޮޅުމުގައި ކުރި ހޯދާފައިވާ މި ދެމީހުން ކައިވެނި ކުރަނީކަން އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ. މިފަދަ ލޯބި މަންޒަރެއް ދެކެން ލޮލަށްވެސް ފަސޭހައެއް ނޫނެވެ. އެކަމަކު ފެންނަނީ ހަގީގަތެވެ. ދެމީހހުންގެ ލޯބި ހާމަކުރާކަށް ނުޖެހެ އެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެ އެވެ. އެއީ ތެރުވެރި ސާފު ލޯތްބެއްކަން މުޅި ދުނިޔެވެސް ހެކިވާނެ އެވެ. ޔާﷲ، ދުނިޔޭގެ ހުރިހައި އުފަލަކާއި ހިތްހަމަޖެހުމާއި ކާމިޔާބު މި ދެ ބައިވެރިންނަށް މިންވަރުކުރައްވާށި އެވެ. އާމީން! 

އަމިއްލަ އެދުމުގެ ވިންދެއް ހިތުގެ ކަނެއްގައި ޖަހައިލި އެވެ. ގައިސަރްދެކެ ކާމިލް އެ ލޯބިވާ ފަދައިން އަހަރެން ދެކެ ލޯބިވާނެ މީހަކު ދުވަހަކުވެސް ވާނެ ބާ އެވެ. 

ކުއްލިޔަކަށް ހިޔާލަށް އައީ އީތަން އެވެ. މިތަނަށް އައިފަހުން ކިތަންމެ އިރެއް ވެއްޖެ އެވެ. އަދިވެސް އީތަނން ނުދެކެމެވެ. މިތަނުގައިވެސް އޭނާއެއް ނެތެވެ. އަހަރެންގެ ހިތުގެ ކަނަކުން ދެމުންދާ އިޝާރާތް ހާމަކުރަން އަހަރެން ލަދެއް ނުގަނެ އެވެ. އާއެކެވެ. އީތަން ދެކިލަން ބޭނުމެވެ.

...................

މިއުޒިކް ބޭންޑުން ކުޅެމުންދިޔަ ލަވަ ބަދަލުކޮށް، ލޯބީގެ ހިތްގައިމު ރާގެއް ކުޅެންފެށި އެވެ. ޑޑާންސްކުރަން ހާއްސަކޮށްފައިވާ ސްޓޭޖްގައި ބައިވެރިންނާއެކު މިއުޒިކަށް އިންސާފުކުރާ ކިތަންމެ 'ޖޯޑަކަށް' އަހަރެން ބަލައިލީމެވެ. ޑާންސްކުރަން އެންމެންގެ ތެރެއަށް ވަނުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތެވެ. ޖޫސްތައްޓެއް ނަގައިގެން މީހުން މަދު ދިމާލެއްގައި މަޑުކޮށްލަން ގަސްތުކުރީމެވެ.

ކުއްލިޔަކަށް އަހަރެންގެ ކަންފަތުގައި ބީހުނީ އާހެއްގެ އަޑެވެ. އެއީ އަންހެންކުއްޖެއްގެ އަޑެވެ. އެއީ ކޮންކަހަލަ އާހެއްގެ އަޑުކަން އެހެންމީހަކު އަހަންނަށް ބުނެދޭކަށް ނުޖެހެ އެވެ. އެފަދަ މަންޒަރެއްގެ ހެކިވެރިޔަކަށް ވުމަށްވުރެން، ވަޅެއްކޮނެގެން އެވަޅުތެރެއަށް ވަދެއޮންނާންވެސް، މާ ހިތަށް ފަސޭހަވާނެ އެވެ. އެތަނުން ދުރަށް ދާން، ހިނގައިގަތް ވަގުތު އަހަރެންގެ ހިތް މަޖުބޫރުކުރީ، އެއަޑު އައި ދިމާއަށް ދާށެވެ. ކުރެވުނު އިހްސާސް ތަފާތެވެ. އާންމުކޮށް އެފަދަ ކަންކަމަށް އަހަންނަށް މަޖުބޫރުކުރަނީ އަހަރެންގެ ހިތްވަރުގަދަ ސިކުނޑި އެވެ. އެކަމަކު މިއީ ހިތް މިފަދަ ކަމަކަށް އާދޭސްކުރި ފުރަތަމަ ފަހަރެވެ.

އެއަޑު އަންނަ ދިމާއަށް އަހަރެން މިސްރާބުޖެހީމެވެ. އެ އަޑު އަންނަނީ ޕާޓީ ހޯލުން ބޭރުންނެވެ. އެތަނުގައި ޕާޓީއާއި ގުޅުންހުރި ކަމެއް ނުހިނގާނެކަން ޔަގީނެވެ. ކޮންމެވެސް މީހަކަށް ހާދިސާއެއްދިމާވެ، އެހީތެރިކަމަކަށް ބޭނުންވެދާނެކަމަށް ސިކުނޑިއަށް ވިސްނައިދޭން ބޭނުންވި އެވެ. އެހެން ހުރިހާ ހާދިސާއަކާއި ތަފާތަށް، މިރޭ  މި މަންޒަރަށް އަހަރެންގެ ކޮންޓްރޯލް ނަގާފައިވަނީ ބަލިކަށި ހިތެވެ. 

މިއުޒިކްގެ ބޭންޑްގެ ސާމާނުތަނާއި ކޭޓަރިންގެ ބޭނުންނުކުރާ ސާމާނުތަކާއި ދިމާއަށް އަހަރެން ދިޔައީމެވެ. ދާދި ގާތުން ނެގިފިޔަވަޅާއެކު އަހަރެންގެ ލޭހޮޅިތައް ބަންދުވެއްޖެ އެވެ. 

"އޯހ އީތަން.. އީތަން.. ޕްލީޒް..." އަންހެންކުއްޖާގެ އަޑުގެ ހާލަތު އަހަރެންގެ ކަންފަތަށް ތަހަންމަލްކުރެވޭނެ ހެއްޔެވެ؟ އަހަރެންގެ ދެ ލޯ މަރައި ތަގުޅިކޮށްލީމެވެ. އަހަރެންގެ ކުރިމަތީގައި ދާދި ގާތުގައި އެ ހުރީ އޭނާ އެވެ. އޭނާގެ އަތުތެރޭގައި އެ އޮތީ އެ އަންހެން ކުއްޖާ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް