
ފަލާހް މިހެން ވިދާޅުވެފައި ޕީއެންއެފްގެ ގެ ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެެއްވައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދި ޕީއެންއެންއެފްގައި ޖަލްސާގައި ވާހަކަ ދައްކަވުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ކޯޓްތަކަށް އަތް ބާނާ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހުރީ "ކޮމްޕްރޮމައިޒް" ވެފައިކަމަށްވެސް ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއްކަމަށާއި އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހަށް އަތާ ފަޔާ ނުބޭނުންކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ ރައީސް ޔާމީން ޔާމީނުު ޖުޑިޝަރީގެ ވާހަކަ އާއި ކޯޓް ތަކުގެ ވާހަކައާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކާތީ އަޖައިބުވެެވަޑައިގަންނަވާކަމަށެވެ. އަދި އެވާހަކަތައް އެ ދައްކަނީ ރައީސް ޔާމީނު ބާއޭ ހިތައް އަރާކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ކުޑަކުރުމަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފާސްކުރި ގާނޫނަށް ޝަރުއީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށް ބުނެ އެ ބިލް ތަސްދީގު ނުކުރުމަށް ދިވެހި ރާއްޖޭގެ ބާ ކައުންސިލުން ގޮވާލާ ރައީސް ޑރ. މުއިއަޒަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.