ads
ފޮޓޯ: އުރީދޫ ސޯޝަލް މީޑިއާ
އުރީދޫގެ ރޯދައިގެ ނޫރު، އެންމެންނަށްވެސް 'ރިލޭޓް' ކުރެވޭ: އުރީދޫ
އުރީދޫގެ މިއަހަރުގެ ހިތްގައިމު ރޯދަ ކެމްޕެއިން " ރޯދައިގެ ނޫރު" އެންމެންނަށްވެސް ރިލޭޓް ކުރެވޭކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

މި ރޯދަ މަހު  އުރީދޫ މޯލްޑިވްސްގެ އިސްތިހާރު ތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަ އަންހެން ކުއްޖެއްގެ ލޮލުން ރޯދަ މަހުގެ އެކި ކަންތައްތައް ދަނީ ފެންނަމުންނެވެ. މިއީ އުރީދޫ މޯލްޑިވްސްގެ ހާއްސަ ކެމްޕެއިން " ރޯދައިގޭ ނޫރު" އެވެ.

""ރޯދައިގެ ނޫރު" މި ކެމްޕޭނުން ދައްކުވައިދެނީ "ނޫރު" ނަމަކަށްކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަހުގެ ފުރަތަމަ ފުރިހަމަ މަސް ތަޖުރިބާކުރާ ދަތުރު ކަމަށް އުރީދޫއިން ބުނެއެވެ. އަދި ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރޯދަ މަހުގެ ރިވެތި އަހުލާގުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެގެން ދެއެވެ. މިފޮތުގެ ސަފްހާތަކުން  ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނިގެންދެއެވެ.

މި ހިތްގައިމު ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރޯދަ މަހު ޖީލުތަކުގެ މެދުގައި ހިއްސާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ރޯދަ މަހުގެ އަސްލު ހުރިހާ އުމުރުފުރައަކަށްވެސް ރިލޭޓެބަލް އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވެގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.

"ރޯދަ މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެކެވެ. "ރޯދައިގޭ ނޫރު" އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ" އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމެޕެއިނުތަކެއް ގެނެސްދިނުމަށެވެ. މި ރޯދަ މަހު ކުންފުނިން ދައުވަތު ދެނީ "ނޫރު"އާއި އެކު ރޯދަ މަސް ތަޖުރިބާ ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް