ads
މިލަންދޫއަށް ޑްރަގު އެތެރެކުރަން އުުޅުނު މީހުން
146 ރަބަރު ޕެކެޓުގައި މިލަންދޫއަށް ޑްރަގު އެތެރެކުރަން އުޅެފި
ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ދުނބުމާ، އުމުރުން 37 އަހަރުގެ އަހްމަދު ޒަމީރު އާއި ހަމަ އެ ރަށު ހުވަފެނީއައްސޭރި،  އުމުރުން 31 އަހަރުގެ އަހްމަދު އިސްމާއީލްކަމަށެވެ.  

މި މީހުން ހައްޔަރުކުރީ ކުޅުދުއްފުށި ސިޓީން ފުރައިގެން ޑިންގީއެއްގައި ދަތުރުކުރަމުންދާ ބަޔަކު ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައިކަމަށް އެ އިދާރާއިން ބުނެއެވެ.  

މިދިޔަ ބުދަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިލަންދޫން ބަނދަރުމަތިން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 146 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.  

މި މައްސަލަ މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް