ads
ޒަކާތް
ޒަކާތު ފަންޑުން ދީނީ ދާއިރާތަކަށް ހާއްސަކޮށްގެން މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދެނީ
ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދޫކުރުމަށް ކަނޑައަޅައި، މި ފުރުސަތު ހުޅުވާލުމަށް ތައްޔާރުވެފައިވާކަމަށް ޒަކާތު ހައުސްއިން މިއަދު ހާމަކޮށްފިއެވެ.
Advertisement

މި ސްކޮލަރޝިޕް ދޫކުރަނީ ހަމައެކަނި އިސްލާމީ ދާއިރާއަށް ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ފަލީލަތުއްޝައިހް އިއްޒައްދީން އަދުނާން ވިދާޅުވިއެވެ.

"ދީނީ އަދި އިޖުތިމާއީ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިއްމު ކަމެއް. އިއުލާން ކުރުމުގެ ކުރިން ކޮމިޓީން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން ދަނީ. މިއީ ޝަރީއާ ހުއްދަކުރާ އުސޫލުގެ މަތިން ކުރާ މުހިއްމު ކަމެއް،" ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވިއެވެ.

މި އާ ސްކޮލަރޝިޕް ލިބޭނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 އާ ހަމައަށް ހުރި ކޯސްތައް ހެދުމަށެވެ. ޒަކާތު ހައުސްއިން ބުނީ މި ސްކޮލަރޝިޕްގައި ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ހިމެނޭނެ ކަމަށެވެ.

ސްކޮލަރޝިޕް ލިބޭނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ، އަދި އެ އޮތޯރިޓީން ގަބޫލުކުރާ މަރުކަޒުތަކަށް ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާނަމަ، އޯއައިސީ ގައުމުތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މަތީ ތައުލީމަށް އެހީ ދިނުމުގެ އާ އުސޫލު ޒަކާތު ފަންޑުން އެކުލަވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި އުސޫލުގެ ދަށުން ކިޔެވުމަށް އެދޭ ފަރާތްތަކަށް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން އަވަހަށް އިއުލާން ކުރާނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް