ads
ހުޅުމާލޭގައި ތެޔޮ ރައްކާކުރާ ޓޭންކްތައް ހެދުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއި އެމްޓީސީސީގެ އެމްޑީން ސޮއިކުރުމުގެ ތެރެއިން
ހުޅުމާލޭގައި ސްޓެލްކޯ ޓޭންކުތައް ހަދަން އެމްޓީސީސީއަށް
ހުޅުމާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހަދާ ޓޭންކުތައް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރްޓިން ކޮމެޕެނީ (އެމްޓީސީސީ) ހަވާލުކޮށްފިއެވެ.
Advertisement

ސްޓެލްކޯއިން ތޮޔޮ ރައްކާކުރާ މި ޓޭންކްތައް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. މި ޓޭންކުތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. 

މި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް ޑީސީޕީ) އަހުމަދު ސައުދީއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

މި ޓޭންކްތަކުގެ ސަބަބުން ސްޓެލްކޯގެ ކަރަންޓުގެ ޑިމާންޑް ޕީކް ގަޑިތަކުގައި ފުއްދުމުގެ ގާބިލްކަން އިތުރުވެ، މުޖުތަމައުއަށް އިތުބާރު ހިފޭ ހަކަތަ ލިބޭނެ މަގު ފަހިވެގެންދާނެކަމަށްް އެ ކުންފުނިން ބުނެއެވެ. 

your imageހުޅުމާލޭގައި ތެޔޮ ރައްކާކުރާ ޓޭންކްތައް ހެދުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއި އެމްޓީސީސީން ސޮއިކުރުމުގެ ތެރެއިން 

މާލޭ ސަރަހައްދަށް ދޭ ކަރަންޓް ކެޕޭސިޓީ އިތުރުކޮށް ހިދުމަތް ޒަމާނީކުރަން ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހު ތެރޭގައި ސްމާޓް މީޓަރު ރާއްޖެ ގެނެސް، ރޯދަ މަހުގެ ފަހުން ގޭގޭގައި އެ މީޓަރުތައް ހަރުކުރަން ފަށާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި މީޓަރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެންދާނެކަަމަށް ސްޓެލްކޯއިން ބުނެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް