ads
މުނައްވަރު ގަވަރުނަރުކަމަށް އައްޔަން ކުރައްވާ މަގާމުގެ ފަތްކޮޅު ރައީސް މުއިއްޒު އަރުވަނީ
އެމްއެމްއޭއަށް ބިމެއް ވިއްކާ ދައުލަތަށް 15 ބިލިއަން ނަގަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދެއްކުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ހުޅުމާލޭގައި އޮތް ބޮޑު ބިމެއް އެޗްޑީސީއަތުން އެމްއެމްއޭ މެދުވެރިކޮށް ގަންނާށެވެ. އަދި މިކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރަމުން އަންނަކަންވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް މިކަމުގައި ގޮތެއް ނިންމިކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެމްއެމްއޭއިންވެސް މި ކަމާއި ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. 

އެހެންނަމަވެސް މިކަން ކުރަން އުޅޭކަމަށް ރައްޔިތުން މަޖލީހުގެ ޕީއެންސީ މެމްބަރުންނާއި ބައްދަލުކުރައްވާ އިއްޔެ ރައީސް މުިއއްޒު ވިދާޅުވިކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނީ އެމްއެމްއޭއިން އެޗްޑީސީ މެދުވެރިކޮށް ބިން ގަންކަމުގައި ވީނަމަވެސް އެ ފައިސާ ދާނީ ސަރުކާރަށްކަމަށެވެ. އަދި އެއީ ފައިސާ ޗާޕުކުރުންކަމަށް ބުނެވޭނެކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ވެރިކަމަށް ވަޑައިގެން އެކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އަދިވެސް އެނޫން އެހެން ބައެއް މުނާސަބަތުގައިވެސް އެމަނިކުފާނު ވަނީ ފައިސާ ޗާފު ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަފި އެކަން ނުކުރައްވާ އިގްތިސާދީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދެއްވިކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް