ads
އަޒާން އަދި ރައީސް މުއިއްޒު
އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދަށް ފައިސާ ވެއްދުން އެއީ ޗާޕުކުރުން: އަޒާން
މަރިކަޒީ ބޭންކް އެމްއެމްއޭއިން އިގްތިސާދަށް ކޮންމެ ގޮތަކަށް ފައިސާ ވެއްދި ނަމަވެސް އެއީ ޗާޕުކުރުކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދެއްކުމުގެ މަސައްކަތް ކުރަން ވަނީ ފަށާފައެވެ. އަދި މިކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ކުރަމުން އަންނަކަންވެސް ވަނީ އެނގިފައެވެ. 

މިކަމާއިއ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ގޮތަކުން މަރުކަޒީ ބޭންކުން ިއގްތިސާދުގެ ތެރެއަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ނުވަތަ މަނިޓަރީ ފައިނޭންސިންއަށް ނުވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުނ އިގްތިސާދަށް ދިމާވި ދަތިތަކުން އަދިވެސް އަރައި ގަނެވިފައިނުވާކަމަށް އަޒާންގެ ޕޯސްޓްގައިވެއެވެ. 

އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާފުކޮށްފިނަމަ ތަކެތީގެ އަގު އުފުލި، އެކްސްޗޭންޖް ރޭޓް މައްޗަށް ޖެހި އިގްތިސާދީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމަށް އަޒާން ވިދާޅުވިއެވެ. 

މީގެއިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ކުރީ ސަރުކާރަށްވެސް  ޗާޕުކުރުމާ ދެކޮޅަށް ތަކުރާރުކޮށް ލަފާދިން ކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ އެ އިދާރާއިން މި ސަރުކާރަށްވެސް ލަފާދީފައިވަނީ ހަމަ އެގޮތަށް ކަމަށެވެ.  

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް