ads
މިއަދު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު
ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދިއްޖެ: އަމީރު
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ނުކުޅެދުމުގެ ސަބަބުން ސަރުކާރުން ދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ލައްވާ ފައިސާ ޗާޕްކުރުވައިގެން ރާއްޖޭގެ އިގްތިސާދު ނުރައްކަލަށް ހުށަހަޅަމުންކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

އަމީރު މިފަދައިން ބުންޏެވެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރިކޮށް އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި 22 ހެކްޓަރުގެ ބިމެއް 15 ބިލިއަން ރުފިޔާއަށް ގަތުމަށް ނިންމާފައެވެ. މި ބޮޑު އަދަދުގެ ފައިސާ ހޯދުމަށް، އެމްއެމްއޭއިން ފައިސާ ޗާޕްކުރުމަށް ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

"މީގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ގޮސް ދިވެހި ރުފިޔާ ބަލިކަށިވެ، އެކްޗްސްޗޭންޖް ރޭޓް މަތިވުމަކީ އެކަށީގެންވާ ކަމެއް. އިންޓްރެސްޓް ރޭޓް މައްޗަށް ގޮސް ބެންކުތަކުން ލޯނު ލިބުމަށް ދަތިވާނެ ކަމަށް ޔަގީން ކުރެވޭ," އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިޒާވްގައި އެފަދަ ކަމެއް ކުރެވޭ ވަރަށް ފައިސާ ނެތުމުން، ބޭރު ފައިސާގެ ރިޒާވުން އެކަން ނުކުރެވޭނެއެވެ. އަދި ބޭންކްތަކަށް ބޮންޑް ވިއްކައިގެން އެކަން ކުރެވިދާނެ ނަމަވެސް، ބެންކުތަކުގައި ހުރި ފައިސާ ނަގައިގެން އެމްއެމްއޭ އިން އެ މުއާމަލާތް ނުހިންގާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭ އިން އެ މުއާމަލާތް ހިންގަން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕްކުރުންކަމަށް އަމީރު ވިދާޅުވިއެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނުކުޅެދުމުން، ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދުމުގެ ވިސްނުން ސަރުކާރުގެ ކިބައިން ފެންނަކަމަށް އަމީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޓްރެޝަރީ ބިލަށް ބޮޑުކޮށް، ބީއެމްއެލް މެދުވެރިކޮށް އިންވެސްޓް ކުރުވުމާއި ކުންފުނިތަކުގެ ފައިނޭންސް އަށް ނުފޫޒު ފޯރުވުން ހިމެނޭކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، އިއާދަ ނުކުރެވޭ ވަރަށް ގެއްލުން ލިބޭނެ ފިޔަވަޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް