
މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން، ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒްއެވެ.
ޓްއަރިޒަމް ގާނޫނަށް އޭނާ ހުށައެޅުއްވި އިސްލާހުގައި ބޭނުމެއްކަމަށް ބުނެފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓްް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާއި ގުޅޭ އުސޫލާއި ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަަށް ދޫކޮށްފައިވާ މުއްދަތު އިތުކުރުމާއި ގުޅޭ އުސޫލު އިސްލާހުކުރުންކަމަށެވެ.
ފީއެއް ނެގުމަށްފަހު ކުއްޔަށް ދިން މުއްދަތު އިތުރުކުރެވޭނެ
މި ބިލުގައިވާ ގޮތުން ރިސޯޓެއް ނުވަތަ އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުތަކުގެ ކުއްޔަށް ދިން މުއްދަތު 99 އަހަރަށް އިތުރުކޮށް ދެވޭނެއެވެ. އެގޮތުން ކުއްޔަށް ނެގި މުއްދަތު އިތުރުުކުރުމަށް ދަައުލަތަށް ފީއެއް ނެގުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
- 20 އަހަރަށް މުއްދަތު އިތުރުކުރާނަަމަ - 2.5 މިލިއަން ޑޮލަރު (އެއްފަހަރާ ދައްކަންޖެހޭ )
- 25 އަހަރަށް މުއްދަތު އިތުރުކުރާނަަމަ - 3 މިލިއަން ޑޮލަރު (އެއްފަހަރާ ދައްކަންޖެހޭ )
ބިލުގައިވާ ގޮތުން މި ބިލް ފާސްވެ ގާނޫނަކަށްވާތާ 6 މަސް ދުވަހުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރުމަށް އެދެވިދާނެއެވެ.
ފަޅާއި ރަށްތައް ދޫކުރުމުގެ ބާރު ރައީސްއަށް
ސަރުކާރުގެ ފަރާތުން މަޖލިހަށް ހުށައަޅާފައިވާ ބިލްގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށްް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓްއަރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި އެ ރަށެއް ނުވަތަ ސިޓީއެއް ބިނާވެށީގެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަަށް ތަރައް ތަރައްޤީ ކުރެވޭ ބިން ކަނޑައަޅަނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް މި އިސްލާހުގައިވެއެވެ.