
ގެއްލިގެން ހޯދަމުން އަންނަ ނ. މަނަދޫ، ރީހުއްސަބާ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު
މަނަދޫ މީހަކު ގެއްލިގެން ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
11 މާރޗް 2025 - 10:30:31
މަނަދޫ މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، ރީހުއްސަބާ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދުކަމަށެވެ.
އޭނާގެ ހަބަރެއް އެންމެފަހުންވީ މިމަހުގެ 8 ވަނަ ހަވީރު 16:51 ގައިކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި މީމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ 20:05 އެހައިކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.
އަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް