ads
ސަލާމަތީ ބާރުތަކުން ރޭ ހިންގި އޮޕަރޭޝަންގެ ތެރެއިން
ރޭ ހިންގީ ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަނެއް، ނުރަކަލެތް ނެތް: މިނިސްޓްރީ
ސަލާމަތީ ބާރުތަކުން ރޭ ކުރިއަށް ގެންދިޔައީ ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅު އޮޕަރޭޝަނެއް ކަމަށާއި، ނަމަވެސް ޓެރަރިޒަމްގެ ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރޭ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕރޭޝަންގައި މާލޭގެ ބައެއް ތަންތަން ބަލާ ފާސްކޮށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި އޮޕަރޭޝަނާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓެލިޖެންސް ރިޕޯޓުތަކާ ގުޅިގެން އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކަމަށެވެ.

އަދި ރޭ ހިންގި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށް ބައެއް ގެތަކާއި އުޅަނދުތައް ފާސްކޮށްފައިވާކަމަށެވެ. އަދި މިކަންކަން ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

" އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިވަގުތު ކަންބޮޑުވުމެއް ނެތް" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖުމްހުރީ މައިދާން ސަރަހައްދުން ބަލާ ފާސްކުރި ލޮރީއެއް ދުއްވަން އިން މީހަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓަކުން މީހެކެވެ.

މިކަމާ ގުޅިގެން ފުލުހުން އަދި ސިފައިންގެ ރަސްމީ ބަހެއް ލިބިފައިނުވާއިރު ހައްޔަރުކުރި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެނގިފައިވާގޮތުން މި އޮޕަރޭޝަން ފެށީ މާލޭގައި ވަރުގަދަ ނިރުބަވެރި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތުތަކެއް ލިބިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް