ސައްހަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި ދެ މީހަކު ފުލުހަށް ހާޒިރުވާން މިދިޔަ ފެބްރުއަރީ މަހު ފުލުހުން އިއުލާންކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކީ، ހ. ފެންތިލަގޭ ހަސަން ޝާހްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވައްކަން ކޮށްގެނެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް، 15 ދުވަސް ޖަހާފައިވެއެވެ. އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާވަނީ ސޯސަންމަގުގައި ހުންނަ ޝޮޕް އެންޑް ސޭވް ފިހާރައިން ސެންޓުފުޅިއެއް ވަގަށް ނަގާފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މި މީހާއަކީ ކުށުގެ ރެކޯޑު ގިނަ މީހެކެވެ. މި ދިޔަ މޭ މަހުވެސް ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް މި މީހާ ގެންގޮސްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.