ads
ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
އެމްއެމްއޭއަށް ބިންވިއްކާ މައްސަލަ ބަލައިގަންނަން އަބްދުއްރަހީމް ދެކޮޅު
މަރުކަޒީ ބޭންކު އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން ސަރުކާރުން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންކާރުކައްވައިފިއެވެ.
Advertisement

މި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިއުޝާދެވެ. އަބްދުއްރަހީމް ބުނީ ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ކަމަށާއި، އެގޮތަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކުއްލި މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވެގެންގޮސް ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް ސަރުކާރުން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އަދި މި ވާހަކައަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސަރުކާރުން ފައިސާ ނެރުމާބެހޭ މި މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމުސީލު ކުރައްވާ މެންބަރު އަހުމަދު އަޒާން ވެސް ވަނީ، ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް