ads
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ
ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އައިސީސީގެ އަމުރަށް ހައްޔަރުކޮށްފި
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ (އައިސީސީ)ގެ އަމުރަކަށް ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފި އެވެ.
Advertisement

ޑުޓާޓޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހޮންގްކޮންގުން އޭނާ އެނބުރި ގައުމަށް ވަޑައިގަންތަނުން މެނީލާ އެއާޕޯޓުންނެވެ. ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލް މެދުވެރިކޮށް އައިސީސީގެ ރިކުއެސްޓް ވަނީ ފޮނުވައިފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑުޓާޓޭއަށް އެ ދައުވާ ކުރީ އޭނާގެ ވެރިކަމުގައި ފިލިޕީންސްގައި "މަސްތުވަތާކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމަ" ކަމަށް ވިދާޅުވެ ސިފައިންނާއި ފުލުހުންނާއެކު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެންނެވެ.

ޑުޓާޓޭ ފިލިޕީންސްގެ ރައީސްގެ މަގާމު އަދާކުރެއްވީ 2016 އިން 2022 އަށެވެ. ޑުޓާޓޭ 2016 ވަނަ އަހަރު ބޮޑު ތަފާތަކުން ރައީސްކަން ކާމިޔާބު ކުރެއްވީ އޭނާ މޭޔަރުކަން ކުރެއްވި ދާވާއޯ ސިޓީގައި ޖަރީމާތަކާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތް ގައުމީ ފެންވަރުގައި ކުރައްވާނެ ކަމަށް ވެ ވަޑައިގަތް ވައުދާ އެކުގަ އެވެ. ވެރިކަން ލިބިވަޑައިގަތުމާ އެކު އޭނާ ވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނާއި ގޭންގުތަކާ ދެކޮޅަށް ހަރުކަށި އޮޕަރޭޝަނެއް ފަށައި އެތައް ހާސް ބަޔަކު މަރާލައިފަ އެވެ.

މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދި ވަރަށް އިތުބާރާ އެކު ޑުޓާޓޭ ހިންގި ޕްރޮގްރާމެކެވެ.

އެ އޮޕަރޭޝަންތަކުގައި ދިން ހަމަލާތަކުގައި 7،000އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ފިލިޕީންސްގެ ސަރުކާރުން ލަފާކުރެ އެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ. 

ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ އޮޕަރޭޝަނުގައި މަރާލި މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.

ޑުޓާޓޭގެ ކުރީގެ ޗީފް ލީގަލް ކައުންސެލް ސަލްވަޑޯ ޕެނެލޯ ވަނީ ޑުޓާޓޭ ހައްޔަރުކީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

"[ފިލިޕީންސް ނޭޝަނަލް ޕޮލިހުން] ޑުޓާޓޭގެ ވަކީލަކާ އެއާޕޯޓުން ބައްދަލުކޮށް ހައްޔަރުކުރުމުގެ ގާނޫނީ އަސާސްތަކާ މެދު ހުރި ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުސަތު ދީފައެއް ނުވޭ،" އައިސީސީގެ އަމުރު ވެސް ޑުޓާޓޭއަށް ނުދޭކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ރައީސް ފާޑިނަންޑް މާކޯސްގެ ސަރުކާރުން (ޑުޓާޓޭ) އަވަހަށް އައިސީސީއާ ހަވާލުކުރުމަށް ގޮވާލައި، އޭނާ ހައްޔަރުކުރުމަކީ ޖަރީމާތަކާ މެދު ޖަވާބުދާރީކުރުވަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބުނެފަ އެވެ.

ޑުޓާޓޭ އާންމު އެއްވުންތަކުގައި ދައްކަވާފައި ހުރި ވާހަކަތަކުން ވެސް އޭނާގެ ސަރުކާރުން މީހުން މަރާފައިވާކަން ދޭހަވެ އެވެ. އާންމު އެއްވުމެއްގައި އޭނާ އެއްފަހަރަކު ދެއްކެވި ވާހަކަތަކެއް ވަރަށް ބޮޑަށް ހޫނުވެ އެ ވާހަކަަކުގެ ހަގީގަތް ތަހުގީގުކުރަން ވެސް އޮތީ ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް