ads
ސިފައިން މާލެ އިން ފެން ހިދުމުގެ މަސައްކަތް ކުރަނީ
ވެރިރަށް މާލޭގެ ފެންބޮޑުވެ ސިފައިން ފެން ހިންދުމުގައި
މިއަދު ހަވީރުން ފެށިގެން ވެރިރަށް މާލެއަށް ކުރަމުން އަންނަ ވިސާރާގައި މާލޭގައި ފެން ބޮޑުވެ ފެން ހިދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
Advertisement

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިއަދު ހަވީރު ހަތަރެއް ޖެހިންސުރެ ހުއްޓާ ނުލާ ވެރިރަށް މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. 

އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަކަމަށެވެ. މިގޮތުން މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 6 ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނީ މާލެއަށް ކުރިޔަށްއޮތް ދެދުވަހު ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ސިފައިންވަނީ، ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ. އެގޮތުން މިއަދު މެންދުރުން ފެށިގެން ޢާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ވަނީ ރެޑީ ވެފައެވެ.

your imageފެންބޮޑުވާ ސަރަހައްދުތަކުގައި ސިފައިން ވެލި ބަސްތާ ޖަހާދެނީ 

ފެން ހިއްކުމުގެ މަސައްކަތް ކުރަމުންގެންދާ ސަރަހައްދު ތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަހައްދު، ވެސްޓްޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާމިނަލް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަމަ އެގޮތުން ޢާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން ހަރަކާތްތެރި ވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް