ads
ރައީސް މުއިއްޒު އަދި މެމްބަރު އަޒާން
ބިލު އަނބުރާ ފޮނުވާުމުން އަޒާންގެ މަރުހަބާ ރައީސަށް
ސްޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން މަޖިލީހުން ފާސްކުރި ބިލް ތަސްދީގުނުކުރައްވާ އަނބުރާ މަޖިލިހަށް ފޮނުވާލުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ރައީސްއަށް މަރުހަބާ ކިޔައިފިއެވެ.
Advertisement

ސްޕްރީމް ކޯޓުން ބެންޗުކުޑަކުރަން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުއިއްޒު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލީ މިރެއެވެ. 

މި ބިލް އަނބުރާ މަޖލިހަށް ފޮނުވާލުމުން އެކްސްގައި ކުރި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އެ ބިލަކީ ގާނޫނު އަސާސީ ހިލާފު ބިލެއްކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުވެސް އެ ބިލާ މެދު ވިސްނުން ހުރީ އެހެންކަމަށެވެ. 

" އަޅުގަނޑުގެ އުންމީދަކީ ރައީސް އެދިލެއްވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން." އަޒާން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ހަތަކު ފަހަކަށް ތިރިކުރުމަށް އަވަސް އަރުވާލައިގެން ރައްޔިތުން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 26 ވަނަދުވަހުއެވެ. މި ބިލް ބަލައިގަތުމަށާއި ފާސްކުރުމަށް ެރިކަން ކުރާ ޕީއެންސީ ޕީޖީ ގްރޫޕުން ނެރުނު ވިޕާ އަޒާން ހިލާފްވެ އެއިން އެއްވެސް ކަމަކަށް އޭނާ ވޯޓް ދެއްވާފައެއް ނުވެއެވެ. ބިލް ފާސްކުރި ދުވަހު ވޯޓަށް އަހަމުންދަނިކޮށް އޭނާ ވަނީ މަޖިލިސް ދޫކުރައްވާ ނުކުންނަވާފައެވެ. 

ބިލާ ދެކޮޅު ހެދުމުން އަޒާން ވަނީ މަޖލީހުގައި އޭނާ ހިމެނިވަޑައިގެންނެވި ބާރު ގަދަ ކޮމެޓީތަކުން ބޭރުވެސް ކޮށްފައެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު މި ބިލް މަޖިލިހަށް ހުށައެޅީ ފެބްރުއަރި މަހުގެ 25 ވަނަ ދުވަހުއެވެ.

މި ބިލު ހަމަ އެދުވަހުން އެދުވަހަށް ޕީއެންސީގެ ދެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުންގެ ތާއިދާއެކު މަޖިލިހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުވިއެވެ. އަދި ކޮމެޓީއަށް ފޮނުވިތާ ގަޑިއިރެއްގެ ތެރޭގައި ދިރާސާކޮށް ކޮށް ނިންމާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ އަދި ޖެހިގެން އައި ދުވަހު މަޖިލިހަށް ކޮމެޓީން ރިޕޯޓް ހުށައެޅުން ގިނަ ވަގުތަކެއް ނުނަގާ ސަރުކާރު ހިންގާ ޕީއެންސީގެ 68 މެމްބަރުންގެ ތާއިދާއެކު ބިލް މި ވަނީ ފާސްކޮށްފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް