ads
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޮޅުދޫއަށް ދާން ބުނި ވައުދު ވާނީ ފުއްދާފައި : މިނިސްޓަރު އިހްސާން
ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެރަށަށް ގޮސް ރައްޔިތުންނާއި ބައްދަލުކުރަން ބުނި ވައުދު ފުއްފަވާފައި ވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ މިދިޔަ މަހުގެ 25 ވަނަދުވަހުވެސް ހޮޅުދޫއަށް އަށް ވަޑައިގެންފައެވެ. އަދި އެދަތުރު ނިންމަވާ އެރަށުން ފުރާވަޑައިގަންނަވަމުން މިނިސްޓަރު އިހްސާން ވަނީ މިމަހުގެ ނުވަނަ ދުވަހު އަލުން އެރަށަށް ވަޑައިގަންނަވާނެކަމާއި އެކަން އެގޮތަށް ނުކުރެއްވިއްޖެނަމަ މާރިޗު 10ގެ ފަހުން ވަޒީފާގައި ނުހުންނާނެކަަމަށް ވިދާޅުވެފައެވެ. 

ވައުދުވެޑައިގެންނެވި ގޮތަށް ހޮޅުދޫއަށް މިނިސްޓަރު ވަޑައިނުގަންނަވާކަމަށް ބުނެ ސޯޝަލް މީޑއާގައި އަންނަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކަށް ރޭ ދަންވަރު ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެމަނިކުފާނު ވިދާޅުވީ ވައުދުވި ގޮތަށް ވައުދު ފުއްދަވާފައި ވާނެކަމަށެވެ. 

މިނިސްޓަރު އިހްސާން ވިދާޅުވީ ހޮޅުދޫއަށް ކުރި ދަތުރަށްފަހު އަލުން 9 މާރިޗުގައި އެރަށަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރުމުން އެ ޔަގީންކަން އިތުރަށް ދިނުމަށް އެދުވަހު އެރަށަށް ނުގޮސްފިނަމަ 10 މާރިޗް ގައި ވަޒީފާގައި ނުހުންނާނެކަމަށް ވިދާޅުވިކަމަށްވެސް އިހްސާން ވިދާޅުވިއެވެ. ބުނި ދުވަހަށް އެރަށަށް ނުދެވޭނެތީ އެ ދަތުރު އޭގެ ކުރިން ކޮށް ވައުދު ފުއްދަވާފއިވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

" ނަމަވެސް 9 މާރޗު 2025 ވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އަޅުގަނޑުވާނީ 6 މާރޗް 2025 ގައި އެރަށަށް ދެވަނަ ފަހަރަށްގޮސް ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކޮށްފައި." އިހްސާން އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމަށް ގަބޫލު ކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް