ads
ކަނޑުވެފައިވާ ޓޫރިސްޓުން ސަލާމަތްކުރަނީ
ބިޔަ ރާޅުތަކުގެ ތެރޭގައި ދެ މަފިރިން އޮތީ އެންމެ ލައިފްޖެކެޓެއްގައި ބައްދައިގެން
ރާއްޖޭގައި ހަނީމޫން ހޭދަކުރަން އައި ބްރެޒިލްގެ ދެ މަފިރިން މި މާޗް މަހުގެ 2 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ހާދިސާއެއްގައި، އެމީހުން ދަތުރުކުރި އުޅަނދު ކަނޑަށް ދިޔައެވެ. އެމީހުންނަށް ޖެހުނީ ލައިފްޖެކެޓުގައި ކަނޑަށް ފައިބާށެވެ. ނަމަވެސް ދެމީހުންގެ ލައިފްޖެކެޓުވެސް އެވަގުތު ނުފުއްޕުނެވެ.
Advertisement

ލޯންޗު އަޑިއަށް ދިޔައިރު ދަތުރުކުރަމުން ދިޔައީ ދިގުރަށުން މާލެއަށެވެ. 

ބްރެޒިލްއަށް ނިސްބަތްވާ ޑޮކްޓަރު ކައިއޯ ގޯމްސް އަދި އޭނާގެ އަނބިމީހާ ފަރްނާންޑާ ޑިނިޒް ވަނީ އިންޓަވިއުއެއްގައި އެމީހުނަށް ދިމާވި ބިރުވެރި ހާދިސާ ކިޔައިދީފައެވެ. 

އެ ދުވަހު އުޅަނދު ދަތުރުކުރަން ފެށިތާ ގާތްގަނޑަކަށް 40 މިނެޓު ފަހުން ބޮޑު ރާޅަކާ ޖެހި، އުޅަނދަށް ކަނޑު ވަދެ، ފަހުން އުޅަނދު އަޑިއަށް ދިޔައެވެ. އެހެންނަމަވެސް މި ހާދިސާގައި ޓޫރިސްޓުންގެ ތެރެއިން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވެއެވެ. 

ގޯމްސް ބުނި ގޮތުގައި "ހާދިސާ ހިނގި ވަގުތު އަނބިމީހާގެ ލައިފްޖެކެޓު ނުފުއްޕުނު. ހަމަ އެހެންމެ އިތުރަށް ވައި ލައިފްޖެކެޓަށް ހޭނެގޮތެއް ވެސް ނުވި،" ގޯމްސް ބުންޏެވެ. ގޯމްސް އަށް އޭނާގެ ލައިފް ޖެކެޓަށްވެސް އެ ވަގުތު ވައެއް ނުޖެހުނެވެ. މިހެންކަމުން ދެމަފިރިން ކަނޑުގައި އެވަގުތު އޮޔާ ދިޔަ ލައިފްޖެކެޓެއް ފެނުމުން އޭގައި ބައްދައިގެން ތިބީއެވެ. އެވަގުތަކީ ޔެލޯއެލާޓާއެކު ކަނޑުގެ ބާނިތައް ވެސް ވަރަށް އުސް ވަގުތެކެވެ.

ގޯމްސް ބުނިގޮތުން އެމީހުން ސަލާމަތްވީ އެމީހުން ކަނޑުގައި ގާތްގަނޑަކަށް 30 އިން 40 މިނެޓް ހޭދަކުރިފަހުން ނެވެ. 

މި ހާދިސާ ހިނގިއިރު އުޅަނދުގައި ތިބި އެންމެންވެސް ތިބީ ވަރަށް ބިރުން ކަމަށް އޭނާ ބުންޏެވެ.  

ހާދިސާއާ ގުޅޭ ވީޑިއޯ ގުޅޭގޮތުން ވާހަކަ ދެއްކި އުމުރުން 27 އަހަރުގެ ފަސިންޖަރެއް ކަމުގައިވާ ގާއޯ ބުނީ، ކެޕްޓަން އެއްވެސް އިރުޝާދެއް ނުދިނުމުން، ބައެއް ޓޫރިސްޓުން ބިރުން މޫދަށް ފުންމާލަމުން ދިޔައިރު، އެމީހުން ތިބީ ގެނބޭނެކަމަށް ބަލައިގެންނެވެ. 

ގާއޯ ބުނީ، އޭނާ ޑައިވަރަކަށް ވާތީ، އެހެން ޓޫރިސްޓުންގެ ލައިފްޖެކެޓްތަކަށް ވައި ޖަހައިދީ، އެންމެން އެކުގައި ތިބުމަށް މަސައްކަތްކުރި ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން، ފަސިންޖަރުންނާއި ކުރޫން ސަލާމަތްކުރުމުގެ އޮޕަރޭޝަން ދިގުލައިގެން ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ނަމަވެސް، ފަހުން އުޅަނދުގައި ދަތުރުކުރި ހުރިހާ މީހުން ސަލާމަތުން ދިގުރާއަށް ގެންދެވުނު ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށް ވަނީ އަންގާފައެވެ. މި ހާދިސާ ހިނގިއިރު މެދުރާއްޖެއަށް ޔެލޯ އެލާޓެއް ދީފައިވާ ކަމަށް ވެސް ހާމަވެފައިވެއެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް