
އެ އޮތޯރިޓީން ބުނީ އެ ޝަކުވާތައް ބަލަމުން އަންނަކަމަށެވެ.
ރޯދަ އެލަވަންސް ނުދީފިނަމަ ފުރަތަމަ ނަސޭހަތްތެރިވެ، އެކަން ތަކުރާރުވެއްޖެނަމަ 5000 - 50،000 ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބަ ރިލޭޝަން އޮތޯރިޓީއަށް ލިބެއެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ބުނާގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެއެވެ. މި އިނާޔަތް ރޯދަމަސް ފެށުމުގެ ކުރިން ދޭންޖެހޭނެކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.
މި އަހަރުގެ ރޯދަމަހުގެ އިނާޔަތް މިދިޔަ މަހުގެ 20 ވަނަދުވަހު ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ރޯދަމަސް ފެށޭއިރު ޕޭ ލީވް (ސްކޮލާޝިޕް) އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށްވެސް ވަނީ އަންގާފައެވެ. އަދި އެއިން މުވައްޒަފަކަށް އިނާޔަތް ދޭނީ އެފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އަލުން ވަޒީފާއަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭވަރުކަމަށްވެސް ފިނޭންސް އިން ވަނީ ބުނެފައެވެ.