ads
ފެލިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، އޮޕަރޭޓަރާ ހަވާލުކޮށްފި
ފެލިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި، އޮޕަރޭޓަރާ ހަވާލުކޮށްފި
ވ. ފެލިދޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކަށް ގެނެސް، ހިދުމަތް ދިނުމަށްޓަކައި އޮޕަރޭޓަރާ ހަވާލުކޮށްފިއެވެ.
Advertisement

ހައުސިން ބުނީ މިހާރު ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑްގެ ދަށުން ހިދުމަތް ފޯރުކޮށްދެމުން ދާކަމަށެވެ.

ފެލިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 35 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި 265 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުގެ އިތުރުން 500 ޓަނުގެ ވާރޭފެން ރައްކާކުރާ އެއް ޓޭންކް ވަނީ ބަހައްޓާފައެވެ. އަދި ނަރުދަމާ ނިޒާމަށް ދެ ޕަންޕިން ސްޓޭޝަނާއި 4.2 ކިލޯ މީޓަރުގެ ފެނުގެ ވިއުގައަކާއި 3.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް އެޅުމުގެ އިތުރުން 30 ކިލޯވޮޓުގެ ސޯލާ ޕެނަލްވެސް މި މަޝްރޫއުގެ ދަށުން ވަނީ ހަރުކޮށްފައެވެ.

މިގޮތުން 2023 ވަނަ އަހަރު ފެށުނު މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ކަލްޕަތަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑްއެވެ.

ފެބުރުއަރީ މަހު ގދ. ފަރެސްމާތޮޑާއާއި ލ. އިސްދޫގެ އިތުރުން ލ. ގަމުގައިވެސް ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް