ads
ވިލިގިލީ ފެރީ ޓާމިނަލް
މާފަންނު ފެރީ ޓާމިނަލްގައި ސީ އެމްބިއުލަންސްތަކަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައިފި
ރަށްރަށުން ބަލިމީހުން މާލެއަށް ގެންނައިރު ދިމާވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް މާފަންނު ފެރީ ޓާމިނަލްގައި ސީ އެމްބިއުލަންސްތަކަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައިފިއެވެ.
Advertisement

މިކަން ނިންމީ މާލެ ސިޓީ ކައުންސިލުންނެވެ.

މިހާތަނަށް ސީ އެމްބިއުލަންސްތައް ލަފާފުރުމަށް ބޭނުންކުރަމުން އައީ އެއް ނަންބަރު ފާލަމެވެ. އެތަނަކީ ކޮންމެ ދުވަހަކު އެތައް ފެރީއެއް ދަތުރުކުރާ ބާރު ސަރަހައްދަކަށް ވުމުގެ އިތުރަށް، އައިޖީއެމްއާއި ދަރުމަވަންތަ ހޮސްޕިޓަލާ ދުރު ސަރަހައްދެއްކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ޓްރެފިކްގައި ޖެހި ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމަށް ލަސްތަކެއް ދިމާވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މާފަންނު ފެރީ ޓާމިނަލް އިންވެގެން އިރަށް އޮންނަ ސަރަހައްދު ސީ އެމްބިއުލަންސްތަކަށް ކަނޑައަޅާފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިއީ މާލޭގައި ސީ އެމްބިއުލަންސްތަކަށް ވަކިން ޚާއްސަކުރެވިފައިވާ ފުރަތަމަ ސަރަހައްދެވެ.

ރާއްޖޭގައި ސީ އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދެނީ އެމްއެންޑީއެފުންނެވެ. ނަމަވެސް މި ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން ގެންދެއެވެ. ބައެއް އަތޮޅުތަކުގައި ސީ އެމްބިއުލަންސް މަދުވުމާއި، ހިދުމަތް ލިބުމުގައި ލަސްވާކަމުގެ ޝަކުވާވެސް ލިބެއެވެ.

މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، ސީ އެމްބިއުލަންސްގެ ހިދުމަތް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން ވަނީ މޯލްޑިވިއަންގެ ފްލީޓަށް ސީޕްލޭން އެމްބިއުލަންސްތަކެއް އިތުރުކޮށް ހިދުމަތްދޭން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް