ads
9 ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރަތްކުރަން ހަވަލާލުކުރުން
9 ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް 600 މިލިއަން
ރާއްޖޭގެ 9 ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތްކުރުމަށް ސަރުކާރުގެ 3 ކުންފުންޏާއެކު ޖުމްލަ 627 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުންތަކުގެ ދަށުން 4 ރަށެއްގައި ހޮސްޕިޓަލް އިމާރާތްކުރުމާއި 5 ރަށެއްގައި ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައިވަނީ ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލީ ހޮސްޕިޓަލް، ކުޅުދުއްފުށީ ދަމަނަވެށި އަދި ކ. ގާފަރު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ ތ. ވިލުފުށި ހޮސްޕިޓަލް، ވ. ފެލިދޫ ހޮސްޕިޓަލް، ނ. ފޮއްދޫ ސިއްހީ މަރުކަޒު އަދި ށ. މާއުނގޫދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަދައްކަވަމުން ވިދާޅުވީ މިއީ އެ ރަށްތަކާއި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ފެށޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ފެއްޓެވި މަސައްކަތްތަކެއް ކަމަށެވެ.

"އިމާރާތުގެ ޖާގައާއި ވަސީލަތްތައް ނެތި ހިދުމަތް ފުޅާކުރެވޭކަށް ނޯވޭ. ގިނަ ރަށްތަކަށް އާ އިމާރާތްތައް ބޭނުންވޭ. ރައީސްގެ ސިޔާސަތުތައް ތަރުތީބުވެ ނިމޭއިރު، ސިއްހީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ،" ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

 މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކާއި މިނިސްޓްރީ ގުޅިގެން، ޕްރޮޖެކްޓްތައް ޓައިމްލައިނާ އެއްގޮތަށް އަވަހަށް ނިންމާ ހިދުމަތް ފަށާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް