ރޯދަމަހު އުމްރާއަށް ގެންދާނެކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގާ އެމީހުން އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕުންނެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ ހަ މީހަކު ވަނީ ރޯދަމަހު އުމްރާއަށް ދާން އެ ގްރޫޕަށް މީހަކަށް 42،000 ރުފިޔާގެ ރޭޓުން ޖުމްލަ 252،000 ރުފިޔާވެސް ދައްކާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިކަމަށެވެ. އަދި ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުންކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އެހެންނަމަވެސް އެއީ ކޮން ދެ ޖަމާއަތެއްކްމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
ރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިޔުމޔގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު 50 މައްޗަށް އަރައެވެ.