ads
އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުގެ ކުރެހުމެއް -- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ސޯލާ ހަކަތަ އުފައްދާ ބޮޑު މަޝްރޫއަށް އީއޯއައި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މާލެ ސަރަހައްދުގައި 100 މެގަވޮޓާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީއޯއައި) ގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

 މި މަޝްރޫއަކީ ޑިޒައިނިން، ފައިނޭންސް ކުރުން، އިމާރާތްކުރުން އަދި ތަން ހިންގައި ބެލެހެއްޓުން ހިމެނޭ ގޮތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީއޯއައި ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވެއެވެ.

މި މަޝްރޫއުގައި ހިމެނެނީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑުގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ޕްލާންޓެކެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުއްދުމުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބެލެވެއެވެ. ރައީސް މުއިއްޒު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ވައުދުވެފައެވެ.

ކުރިން މިދިޔަ ފެބްރުއަރީ މަހު، ރައީސް މުއިއްޒު ވަނީ މާލެ އަތޮޅުގެ ފަޅެއްގައި 100 މެގަވޮޓުގެ ކަރަންޓު އުފައްދާ ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޕާމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ހާމަކުރައްވާފައެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައި، 2027 ވަނަ އަހަރު ނިންމުމަށް ވަނީ ރޭވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް