މި ހަނދުކޭތައިގެ ސަބަބުން ފުރިހަމައަށް ހަނދު އަނދިރިވެގެންދާނެއެވެ. މި ބާވަތުގެ ހަނދުކޭތައެއް އުފެދެނީ ބިމުގެ ހިޔަނި ހަނދުގެ މައްޗަށް އެޅުމުންނެވެ. މި ހަނދުކޭތައިގެ މެގްނިޓިއުޑަކީ 1.17 ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. މިއިން ދޭހަކޮށްދެނީ ހަނދު ވަރަށް ބޮޑަށް އަނދިރިވެގެންދާނެކަމެވެ.
ރާއްޖޭގެ ގަޑިން ހަނދުކޭތަ ހިފަން ފަށާނީ ފެށޭނީ މާޗު 14 ގެ ރޭ 11:48 ގައެވެ. އަދި ހަމައެރޭ 12:13 ގައި ހަދުކޭތަ ފުރިހަމަވާނެއެވެ.
ނަމަވެސް، މާޗު 14 ގެ މޫސުމަށް ބަލާއިރު ރާއްޖޭގައި ވިއްސާރަ ވެހުމާއި، ގުގުރުމާއި މޫސުން ގޯސްވުމުގެ ފުރުސަތު އޮތްކަމަށް ވަނީ ލަފާކުރެވިފައެވެ. މި ދުވަހުގެ ޖައްވުގެ ތެތްކަން 84 ޕަސަންޓުގެ މައްޗަށް ހުރުމާއެކު ދުވާލާއި ރޭގަނޑު ވިއްސާރަވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މޫސުމުގެ ސަބަބުން ހަނދުކޭތަ ފެނުމަށް ހުރަސްތަކަކާ ކުރިމަތިލާންޖެހިދާނެއެވެ.