ads
ސްޓެލްކޯގެ ހަރަދުގައި ހައްޖު އަދި އުމްރާއަށް ދިއުމަށް 6 މުވައްޒަފަކު ހޮވައިފި
ސްޓެލްކޯގެ ހަރަދުގައި ހައްޖު އަދި އުމްރާއަށް ދިއުމަށް 6 މުވައްޒަފަކު ހޮވައިފި
ސްޓެލްކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުންދާ ޚާއްސަ ގުރުއަތުލުމެއްގައި މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް ޖުމްލަ 6 މުވައްޒަފަކު ހޮވައިފިއެވެ.
Advertisement

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 102 މުވައްޒަފަކު ކުރިމަތިލީއިރު ޝަރުތު ހަމަވީ 84 މުވައްޒަފެކެވެ. އުމްރާގެ އަޅުކަމަށް 218 މުވައްޒަފަކު ކުރިމަތިލީއިރު ޝަރުތު ހަމަވީ 215 މުވައްޒަފެކެވެ.

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ އަހަރު ޕޮލިސީއަށް ބަދަލު ގެނެސް، ކުރިން ކޮންމެ އަޅުކަމަކަށް ހޮވަނީ އެއް އަންހެން މުވައްޒަފަކާއި އެއް ފިރިހެން މުވައްޒަފެއް ކަމުގައި ވިޔަސް، މިހާރު ކޮންމެ އަޅުކަމަކަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ހޮވަނީއެވެ. މިގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނީ އަހުމަދު ވަހީދު (ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް)، ހަސަން ޒަރީރު (ކ. ކާށިދޫ އިންޖީނުގެ) އަދި އާމިނަތު ޖަލީލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އެވެ.

ސްޓެލްކޯއިން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވީ ބުންޔާމީން މުހައްމަދު ނަސީރު (ވިލިނގިލި އަވަށު އިންޖީނުގެ)، އަހުމަދު މުސްތަފާ (ވިލިނގިލި އަވަށު އިންޖީނުގެ) އަދި ޝިފްރާ އިލްހާމް (ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓް) އެވެ. ހައްޖުގެ އަޅުކަމަށް ކުރިމަތިލެވެނީ 15 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯގައި ހިދުމަތްކުރި މުވައްޒަފުންނަށް ކަމަށާއި، އުމްރާގެ އަޅުކަމަށް ކުރިމަތިލެވެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރަމުންދާ މުވައްޒަފުންނަށް ކަމަށް ސްޓެލްކޯގެ ފަރާތުން ބުންޏެވެ.

ސްޓެލްކޯގެ މި ޕްރޮގްރާމަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ދީފައިވާ އިތުރު މަންފާއެއްގެ ގޮތުގައި ބެލެވޭއިރު، ކޮންމެ އަހަރަކު ވެސް ކުންފުނީގެ ތާރީހުގައި ހިދުމަތްތެރި މުވައްޒަފުންނަށް ދީފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ހައްޖާއި އުމްރާގެ ހުރިހާ ހަރަދެއް ސްޓެލްކޯގެ ފަރާތުން ބަލަހައްޓައި ދޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް