ads
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެކުވެރިކަން އާލާކުރުމަށް ރޯދަ ވީއްލުންތަކެއް
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެކުވެރިކަން އާލާކުރުމަށް ރޯދަ ވީއްލުންތަކެއް
ހުޅުމާލޭގައި ރޯދަ މަހު އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ހަރަކާތްތަކެއް ބޭއްވުމަށް އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ނިންމައިފިއެވެ.
Advertisement

މި ހަރަކާތްތައް ބާއްވާނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ މަހުގެ އެކި ދުވަސްތަކުގައެވެ.

މި އަހަރުގެ ފުރަތަމަ "އަވައްޓެރި ރޯދަ ވީއްލުން" ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 15 ވާ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެންނެވެ.

"ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭ ބައެއް. އެގޮތުން މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުމާއެކު," އެޗްޑީސީގެ ހެޑް އޮފް މާކެޓިންގް އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވިއެވެ. 

މި ރޯދަ ވީއްލުމުގެ ހަރަކާތުގެ އަސްލު މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ. އެޗްޑީސީއިން މަސައްކަތް ކުރަނީ ހުޅުމާލެއަކީ ގުޅުން ބަދަހި، ރައްޔިތުން އެކުވެރިކަމާއެކު ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ އަމާޒު އެޗްޑީސީން ބަހައްޓާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް