ads
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން: ފޮޓޯ އެމްޑީޕީ
ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް މިނިސްޓަރު ޝަފީއު ކުށްވެރިކޮށްފި
އިދިކޮޅު އެމްޑީޕީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި ރައީސްގެ ދޮށީ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެކަން ކުށްވެރިކުރައްވައިފި އެވެ.
Advertisement

މަންދީ ދެއްކެވި ވާހަކަތައް ދައްކާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ބޭއްވި ހަފްލާއަކަށް ވަޑައިގެންނެވި ދަނޑިވަޅުގައެވެ. މި ވަގުތު މުޒާހަރާގެ ބައިވެރިން ތިބީ އައިޔޫއެމް ކުރިމަތީގައި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށެވެ.

މި ކަމާ ގުޅިގެން، މިނިސްޓަރު ޝަފީއު އިލްތިމާސްކުރައްވާފައިވަނީ ސިޔާސީ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންނަށް ނިސްބަތްކޮށް ވާހަކަ ދައްކައި ނުހެދުމަށެވެ. 

މީގެ އިތުރުން، މިނިސްޓަރު ޝަފީއު އިލްތިމާސްކުރައްވާފައިވަނީ މިފަދަ ކަންކަން ދިވެހި މުޖުތަމައިން އެއްވެސް ކުއްޖަކަށް ކުރިމަތިވިޔަ ނުދިނުމަށް އެންމެން މަސައްކަތް ކުރުމަށެވެ. ކުޑަކުދިންގެ ހައްގުތައް ގެއްލި، އެފަދަ ކަންކަން ރައްދުވާ ކުދިންނާއި އާއިލާއަށް އަދި އެހެން ކުދިންނަށް ވެސް ނުހަނު ފުން އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް މިނިސްޓަރު ޝަފީއު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް