
އާމިރު ބުނާގޮތުން އޭނާގެ އާ ގާލް ފްރެންޑަކީ ގައުރީ ސްޕްރެޓްއެވެ. ދެމީހުންގެ ގާތް ގުޅުން އޮންނަތާ 25 އަކަށް އަހަރުވެފައިވާކަމަށް އާމިރު ވަނީ ބުނެފައެވެ. މިވާހަކަތައް އާމިރު އިއުލާންކުރި އިރު އޭނާގެ ކައިރީގައި ގޯރީ އިންނަމަވެސް ގޯރީ ވަނީ އޭނާގެ ފޮޓޯ ނުނަގަން މީޑިއާތަކުގައި އެދިފައެވެ.
އެ ބައްދަލުމަށްފަހު އިންޑިއާ މީޑިއާތަކުން ވަނީ އާމިރު އާ ގާލް ފްރެންޑަކީ ގައުރީ ސްޕްރެޓް އަކީ ކާކުތޯ ހޯދާ އާމިރުގެ ފޭނުންނަށް ދައްކާލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޯރީ އަކީ އަމިއްލަ ސެލޫނެއް ހިންގާ އެކަނިވެރި މަންމައެކެވެ. އޭނާގެ 6 އަހަރުގެ ކުއްޖެއް ހުރެއެވެ. ގޯރީ ހޯދުމާއި އެކު އިންޑިއާގެ މީޑިއާތަކުން ވަނީ ގޯރީގެ ރީތީކަމުގެ ވާހަކަތައް ފަށާ އޭނާއަށް އެތައް ތައުރީފެއް ކުރަން ފަށާފަ އެވެ.
ބެންގަލޫރަށް ސެލޫން ހިންގާ ގޯރީއާއި އާމިރު ޑޭޓްކުރަން ފެށީ މީގެ 18 ވަރަކަށް މަސް ކުރިކަމަށް ގޯރީ މިހާރު ވަނީ ބުނެފައެވެ. އަދި އޭނާ އާމިރު ހާންގެ ޕްރޮޑަކްޝަން ހައުސްގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ އެއްބަސްވެފަ އެވެ.
ސްޓައިލިން އެންޑް ފޮޓޯގްރަފީ ހަދާފައިވާ ގޯރީގެ ފޮޓޯ މީޑިއާއިން އާއްމުކޮށް އޭނާގެ ރީތިކަމަށް އަންނަނީ ތައުރީފު ކުރަމުންނެވެ. މީޑިއާތަކުގެ އިތުރުން އާމިރުގެ ފޭނުންވެސް އަންނަނީ އާމިރުގެ އާ ގާލް ފްރެނޑްގެ ރީތިކަމުގެ ވާހަކަތައް ދައްކަމުންނެވެ. އާމިރުގެ ފޭނުން ބުނާގޮތުން މި ފަހަރު އާމިރު ގާލްފްރެންޑް ހީވަނީ 2000 ގެ ކުރީ ކޮޅުގެ ހޮލީވުޑްގެ ތަރިއެއް ހެންނެވެ.
އާމިރުހާނަށް މިއަދު 60 އަހަރު ފުރޭނެއެވެ. އާމިރު ވަނީ މީގެކުރިން ދެ ކައިވެންޏެއްވެސް ކޮށްފަ އެވެ.