ads
މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
ގެސްޓް ހައުސެއްގެ ވައި ގޮޅިން މީހަކު ވެއްޓިއްޖެ
މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިއްޖެއެވެ.
Advertisement

ފުލުހުން ބުނީ މި މީހާ ވެއްޓިފައި އޮއްވާ ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ލިބުނީ ދަންވަރު 2.55 ކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ރިޕޯޓާއި އެކު ސީނަށް ފުލުހުން ގޮސް ވެއްޓިފައި އޮތް މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. 

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް