
ކާނިވާ އާ ސްޓޭޖު އަޅަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ކާނިވާ އާ ސްޓޭޖު އަޅަން 4.8 މިލިއަން ރުފިޔާ
މުހައްމަދު އާދަމް އަހްމަދު
14 މާރޗް 2025 - 21:16:26
ކާނިވާ ސަރަހައްދުގައި ހުރި ސްޓޭޖު ތަޅާލައި އެތަނުގައި އާ ސްޓޭޖެއް އަޅަން 4.8 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާނިވަލް ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ސްޓޭޖް ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްގީ ކުރަން ހަވާލުކުރީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ މިމަހުގެ 14 ވަނަ ދުވަހު މަސައްކަތް ފަށާ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ ބޮޑު ކާނިވަލެއްގެ ގޮތުގައި ހުޅިވިތަނެކެވެ. އެތަނުގައި އެތައް ދުވަހެއް ވަންދެން ކާނިވާ ހިންގުމަށްފަހު މިހާރު އެތަން ބޭނުންކުރަނީ ސިޔާސީ ޕާޓީތަކުން ޖަލްސާތައް ބޭއްވުމަށާއި މިއުޒިކް ޝޯތައް ބޭއްވުމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް