
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޑަމް ސާޖިދާގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވާހަކަ ދައްކަވަމުން ވަނީ ސިޔާސީ ޕޯޑިއަމްތަކުގައި ދެކެވޭ މިފަދަ ވާހަކަ ތަކުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ އާއިލާއަށް ބުލީ ކުރުަމުން އަންނަކަަމަށް ވިދާޅުވެފައެވެ.
ސާޖިދާ ދެެއްވި ބަޔާނެއް ވިދާޅުވަމުން އާޒިމަ ވުދާޅުވީ، މިފަދަ އަމަލުތަކެއް ހިންގަމުން އަންނަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަމަށެވެ.
މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވެން އޮތް ނަމަވެސް، އެކަމުގައި ސާޖިދާގެ ފަރާތުން ނިންމަވާފައިވަނީ މަދަނީ މައްސަލަތަކުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް އާޒިމަ މިއަދު ހާމަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއެއްގައި ރައީސްގެ ދޮށީ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިން އަދި އެޗްއާރު ސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަންދީ ދެއްކެވި ވާހަކަތައް ދައްކާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ބޭއްވި ހަފްލާއަކަށް ވަޑައިގެންނެވި ދަނޑިވަޅުގައެވެ.