ads
ރައީސް ޑރ. މުއިއްޒު
ރައީސް، ނޫސްވެރިޔާ ފިޔާޒަށް ގުޅުއްވި ކަމަށް ބުނާ މައްސަލަ ޕޮލިހަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިޔާ، އަދި އަދަދު ނޫހުގެ ސީ.އީ.އޯ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި ބިރު ދައްކަވައި އިންޒާރު ދެއްވިކަމަށް ބުނެ އެ މައްސަލަ އެ ނޫހުން ފުލުހުންނަށް ހުށައަޅައިފި އެވެ.
Advertisement

އަދަދު ނޫހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ 19:04 ގައި އެނޫހުގެ އަދި ސީ.އީ.އޯ، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި ބިރު ދައްކަވައި އިންޒާރު ދެއްވާފއިވާކަމަށެވެ. 

އެ ބަޔާނުގައި ބުނީ ރައީސް، ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެ ކަމަށެވެ. އެ އެއްވުމުގައި ދެކެނު ވާހަކަ އަދަދު ނޫހުން ރިޕޯޓްކޮށްފައިވެސް ނުވާނެކަމަށާއި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިންކަމަށް އަދަދު ނޫހުން ނެރުނު ބަޔާނުގައިވެ އެވެ. 

" ވީއިރު އެމްޑީޕީ އެއްވުމެއްގައި އެޕާޓީ މެމްބަރަކު ދެއްކެވި ވާހަކައަކާއި ގުޅިގެން އެ މައްސަލާގައި ކޯފާވެ އަދަދު ނޫހުގެ ނޫސްވެރިންނާއި އަދަދު ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއްވެސް ނެތް." އަދަދު ނޫހުން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި ދެއްވީ އަދަދު ނޫހާ މެދު އަދި ހުސެއިން ފިޔާޒު މޫސާއާ މެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުކަމަށްވެސް އަދަދު ނޫހުން ނެރުނު ބަޔާނުގައިވެއެވެ. 

" އެއްވެސް ފަރާތަކުންދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ޖެހިލުންވުމެއް ނެތި މި ނޫހުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން މި ނޫހުގެ ކިޔުންތަރިންނަށާއި ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރުވަން." އަދަދު ނޫހުން ނެރުނު ބަޔާނުގައިވެ އެވެ.

އަދަދު ނޫހުން ބުނީ މިނިވަން މީޑއާއެއްގެ ހައިސިއްޔަތުން އެ ނޫހުން ކުރަމުން ގެންދާ މަސައްކަތަކީ ކަންކަމުގެ ތެދުދޮގު ބަލައި ހާމަކުރުންކަމަށެވެ. އަދި ހަބަރު ޝާއިކުރަނީ ހަބަރެއްގައި ލިޔާ ވާހަކައެއްގައި އެކަމެއް ރައްދުވާ ފަރާތަކަށް ބަހެއް ބުނުމަށް ފުރުސަތު ދިނުމަށްފަހުކަމަށްވެސް އަދަދު ނޫހުން ބުނެ އެވެ.

ރައީސްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ މައްޗަށެވެ. މީގެ އިތުރުން އެމްޑީޕީގެ މައްޗަށްވެސް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމަވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް