
މިމަހުގެ 12 ވަނަދުވަހު ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެންކަމަށް ވިދާޅުވެެއެވެ.
ނަރީޝް އައްޔަން ކުރައްވާފައިވަނީ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާދެއްވި ދުވަހު ނޫން އަނެއް ދުވަހުއެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަރީސް އިންތިހާބުވީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަން ނަރީޝަށް ލިބިވަޑައިގަތީ ޕީޕީއެމްގެ އެތެރެއިން ނެގި ވޯޓުގައި އެންމެ ވޯޓަކުން ކުރި ލިބިގެންނެވެ. އޭނާއާ ވާދަކުރީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީއެވެ. ނަރީޝަށް ފަސްވޯޓް ލިބިވަޑައިގެންނެވިއިރު ސުޖާއުއާި ނަހުލާއަށް ލިބިވަޑައިގަތީ ކޮންމެ ބޭފުޅަކަށް ހަތަރު ވޯޓެވެ