ads
ގެސްޓުހައުސުން ފެނުނު ޒުވާނާއަށް އަނިޔާކުރި މީހުން
ގެސްޓުހައުސްގައި މީހަކަށް އަނިޔާކުރި ދެ މީހުން ދޫކޮށްލައިފި
މާލޭގެ ގެސްޓުހައުސްގައި ޒުވާނަކަށް އަނިޔާކޮށް ެއެ ޒުވާނާ ޒަހަމްކޮށްލުމަށްފަހު ފިލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.
Advertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަނަދުވަހު ޒަހަމަތަކާއި ހެންވޭރުގައި ހުރި ގެސްޓްހައުސްގެ ކޮޓަރިއެއްގެ ކޮޓަރިއެއްގެ ތެރޭގައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ޒުވާނާ ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ބަޔަކު ރިޕޯޓްކުރުމުން ފުލުހުން އޭނާ އޮތް ކޮޓަރިއަށް ވަނުމުންނެވެ. މި ޒުވާނާއަށް ވަނީ އައިޖީއެމްއެޗް އައިސީޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާދީފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ ތުލުސްދޫ ، ޕެރިސް ، އުމުރުން 23 އަހަރުގެ ފައުޒާން ޒަރީރާއި މއ. ވައިކޮޅުގެ އުމުރުން 23 އަހަރުގެ އަހްމަދު މާޒިންއެވެ. މި ދެމީހުންވެސް ހައްޔަރުކުރީ ޒަހަމްތަކާއި އެކު އޮތް ޒުވާނާ ފެނުނުތާ ދެ ދުވަސްފަހުން ކޯޓް އަމުރެއްގެ ދަށުންނެވެ. 

މި މައްސަލާގައި ހައްޔަރުކުރި ދެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައެވެ. އެެހެންނަމަވެސް މީ ދެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ. 

މީގެތެރެއިން ފައުޒާން ޒަރީޒު މިނިވަންކުރީ މިދިޔަ އަހަރު ނޮވެމްބަރު 21 ގައިކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ މައްސަލައިގެ ތަހުގީގު ނިމިފައިވާތީކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި ދެން ހައްޔަރުކުރި އަހްމަދު މާޒިން ބަންދުން ދޫކޮށްލީ މި މަހުގެ ހަ ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. ކޯޓުން ޝަރުތުތަކާއި އެކު ޢެނާ ބަދަލުކުރީ ގޭބަންދަށްކަމަށްވެސް ފުލުހުން ބުނެއެވެ. ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާ ހޯދަން ނޫން ގޮތަކަށް ބޭރަށް ނުދިއުމާއި މޮނިޓަރިން ޓެގް އެޅުވުމުގެ ހުއްދަ ދިނުމުގެ އިތުރުން  މައްސަލައިގެ ހެކިންނާ މުއާމަލާތް ނުކުރުންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް