ads
ހެރީ ކޭންއާޢި ރޮނާލްޑޯ
ރޮނާލްޑޯގެ ޕާޓްނަރަކަށް ހެރީކޭން
ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕާޓްނަރެއްގެ ގޮތުގައި ޔުވެންޓަސްގެ ފޯވާޑް ލައިނަށް ކުޅެން ޓޮޓެންހަމްގެ ހެރީކޭން ގަންނަށް ޔުވެންޓަސްއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
Advertisement

ފޮކްސް ސްޕޯޓްސްއިން ޔުވެންޓަސްއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުވެންޓަސްގެ ފޯވާޑް ލައިނަށް ހިގުއިންގެ ބަދަލުގައި ރޮނާލްޑޯއާ އެކު ކުޅެން އެންމެ ރަނގަޅު މީހަކީ ހެރީކޭންއެވެ.

ކޮރޯނާއާއި ގުޅިގެން ފުޓްބޯޅަ ހުއްޓިފައިވާ މި ދަނޑިވަޅުގައި އުމުރުން ތިރީސް ތިން އަހަރުގެ ހިގުއެން ވިއްކާލާ، އޭނާގެ ބަދަލުގައި ޓޮޓެންހަމްގެ އުމުރުން ސައްބީސް އަހަރުގެ ހެރީ ކޭން ގަންނަން ޔުވެންޓަސްއިން އަންނަނީ ޕްލޭންތައް ހަދަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

މި ވަގުތު އާޖެންޓީނާގައި އާއިލާއާ އެކު ހުރި ހިގުއެއިންގެ ކޮންޓްރެކްޓް ހަމަވާ އަދި އަހަރެއް އޮތް އިރު، ޓޮޓެންހަމްއާއި އެކު އިނގިރޭސި ކެޕްޓަން ކޭންގެ ކޮންޓްރެކްޓް ހަމަވާން އަދި ދެ އަހަރު އެބައޮތެވެ. އެހެންކަމުން ކޭން ހޯދުމަށް ޔުވެންޓަސްއިން ބޮޑު ޚަރަދެއް ކުރަން ޖެހޭނެ އެވެ.

your imageހެރީ ކޭން

ޓްރާންސްފަރ މާކެޓްގައި ކޭން މައުޟޫއަކަށް ވެގެން ދިޔައީ އޭނާ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް އަރައިގެން ދިޔަ ހިސާބުންނެވެ. އެއާއި އެކު ކޭން ހޯދުމުގެ ރޭހަށް މެންޗެސްޓަރ ޔުނައިޓެޑާއި ރިއާލް މެޑްރިޑުންވެސް ވަނެވެ. އެކަމަކު ކޮރޯނާއާއި ގުޅިގެން މާލީ ގޮތުން ކްލަބުތަކުން އުނދަގޫ ހާލަތެއްގައިވަނިކޮށް ބޮޑު އަގެއްގައި ކޭން ނުގެނޭވެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުންވަނީ ބުނެފައެވެ. 

މީގެ އިތުރުން ލީގުގައި ވާދަވެރި ކްލަބަކަށް ކޭން ދޫކުރަން ޓޮޓެންހަމުނުންވެސް އެއްބަސްނުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ސަބަބުތަކާއި ހުރެ، އަދި ރަނގަޅު ހުށަހެޅުމެއް ހުށަހަޅަން ޔުވެންޓަސްއިން ތައްޔާރަށް ތިބުމުން ރޮނާލްޑޯ އާއި އެކު ޔުވެންޓަސްގައި އޭނާގެ ޕާޓްނަރަކަށް ހެރީ ކޭން ވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން އިނގިރޭސި ގައުމީ ޓީމުގައި ހިމެނޭ، އަދި މިހާރު ކެޕްޓަންކަންވެސް ކުރާ ކޭންވަނީ އިންގްލަންޑަށް މިހާތަނަށް ސާޅީސް ފަސް މެޗު ކުޅެ ބައްތިރީސް ގޯލް ޖަހާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް